Live 6,031 stories Updated Jul 19, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ބީއެމްއެލް އިން ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ދޫކުރާ ކިޔަވާ ލޯން ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކިޔަވާ ލޯނު އަދި އެޑިއުކޭޝަން ފައިނޭންސިންގ އަށް ހެޔޮ ބަދަލުތަކެއް ގެނެސް، ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސަރޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސިންގ ލިބޭ ގޮތް ހަމަޖައްސައިފި އެވެ.

ތަރައްގީގެ ވާހަކަ ދެއްކޭނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެންކަން ޔަގީންކުރުމަށްފަހު، ރަސްމާލެ ވެސް އަންނަން ޖެހޭނީ އޭގެ ފަހުން: އާޒިމް

މުޅި ހަޔާތުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުހާ މަސައްކަތް ނުކުރާ ސަރުކާރެއް ދެކިވަޑައިނުގަންނަވާ ކަމަށާއި ރަސްމާލެ ފަދަ ތަރައްގީގެ މަޝްރޫއުތައް ހިންގަންވާނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެން ޔަގީން ކުރުމަށްފަހުގައި ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.…

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހަފުތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ ތެރެއިން 826،000 އަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހަފުތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ ތެރެއިން 826،000 އަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ޚިދުމަތުން ހޯދައިފި އެވެ.

ކުޅުދުއްފުށީ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަޝްރޫއަށް ނެގި މުވައްޒަފުންނަށް މުސާރަލިބޭ، ޕްރޮޖެކްޓަށް ވީނުވީއެއް ނޭނގެ!

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަސައްކަތްތައް ހުއްޓި، އެ ސިޓީގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވާތީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.

ބޭހުގެ ދަތިކަން ހައްލުކުރުމަށް މަދުވާ ބޭސްތައް ދުރާލާ ލަފާކުރެވޭނެ އިލެކްޓްރޯނިކް ސިސްޓަމެއް ގާއިމު ކުރަނީ

ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަށް އެންޓަޕްރައިސް ރިސޯސަސް ޕްލޭނިންގ (އީއާރުޕީ) އަދި ޑިޖިޓަލް އީ-ލޮޖިސްޓިކް ސިސްޓަމެއް ގާއިމު ކުރަމުން އަންނަ ކަމަށް ސްޓޭޓް ފާމަސުޓިކަލްސްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަން ކުރައްވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ގދ.ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޔަން ކުރައްވައިފި އެވެ.

މިސަރުކާރުން ޕާކިން ބިލްޑިންގތައް އަޅާ ވާހަކައަކީ ފްލޯކު ވާހަކައެއް، އަދިވެސް ރައްޔިތުން ގުނބޯ ހެއްދުމަށް ދަނީ މަސައްކަތް ކުރަމުން : ބޮންޑާ

ޕާކިން ބިލްޑިންގތައް އަޅާ ވާހަކައަކީ ފްލޯކު ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ޙުކުމް އަނެއްކާވެސް އިސްތިއުނާފު ކޮށްފި

މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް އެ މައްސަލައާ ގުޅިގެން އުފުލި ބައެއް ދައުވާތައް ސާބިތުވާކަމަށް ކުރި ޙުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ސްކޫލަށް ގެއްލުންދިން މައްސަލައިގައި ޕީއެންސީން ޒިންމާނަގައި، އެކަމުގެ ބަދަލުދޭނެކަމަށް ބުނެފި: މިނިސްޓަރު

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ހުޅުމާލޭގައި ބެހެއްޓި ވޯޓު ފޮށި ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިންގައި، ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލައިގައި އެ ޕާޓީން ޒިންމާ ނަގާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު …

މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް މަދުކުރުމަށް ޚާއްސަ އިސްކަމެއް ދޭން ޖެހޭ: ސީޕީ

މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް މަދުކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދު އިލްތިމާސް ކުރައްވައިފި އެވެ.

Loading fresh headlines…