Live 6,031 stories Updated Jul 18, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ޤައުމު ހިންގަން ހުރީ ކަން ކުރަން ނޭނގޭ މީހެއް، އެންމެ ކުޑަވެގެން 'ކޫލް ސްކޫލް' ފެށިއިރު އޭސީ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު: އާޒިމް

މިއަދު މި ޤައުމުގެ ވެރިއަކަށް ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވެރިކަން ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

2024 އިން ފެށިގެން ބޯންމެރޯ ޓްރާންސްޕްލާންޓް ފަރުވާ އަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

2024 ވަނަ އަހަރުން ފެށިގެން، ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.

ކޮންޓްރެކްޓަރ އޮފް ފައިނޭންސްގެ ދަށުން ފެނާއި ނަރުދަމާގެ މަސައްކަތް އެހެން ބަޔަކަށް ނުދެވޭނެ: މެންބަރު ޝާކިރު

ކޮންޓްރެކްޓަރ އޮފް ފައިނޭންސްގެ ދަށުން ފެނާއި ނަރުދަމާގެ މަސައްކަތް އެހެން ބަޔަކަށް ނުދެވޭނެ ކަމަށް މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޝާކިރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގެ މާތް މަގުސަދުގައި ކަމަށާއި، ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖ…

މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ލަސްވެގެން 2027 ގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވ…

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަކި އޮފީހެއް ހެދި ނަމަވެސް މި މައްސަލަ ހައްލުކުރުމަކީ ކައުންސިލްގެ ޒިންމާއެއް: މޭޔަރު

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަކީ، މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، އެއީ ސަރުކާރުން ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނާޒިލްގެ ފާޑު ކިޔުން، ވިދާޅުވީ ނަތީޖާ ގޯސް ކަމަށް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ނަތީޖާއެއް ނެރޭ ނަމަ ލިބޭނީ، ސީ ++ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަންކުރަން ބޮޑު ބަދަލެއް ގެންނަން ޖެހޭ: ޝިފާޒް

ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަން ކުރަން، ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

2028ގެ އިންތިޚާބުގައި ރައީސް މުއިއްޒު %5 އަށް ވުރެ ދަށުން ބަލި ވާނެ: މާރިޔާ

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވައިފި ނަމަ، 5 އިންސައްތަ އަށް ވުރެ ދަށުން ބަލި ވާނެ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…