Live 6,031 stories Updated Jul 17, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ސިފައިންގެ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ 72 އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މާލޭ ގްރޭންޑް ފްލެޓުތަކުގެ އަލިފާން ނިއްވާ ނިޒާމު ހަލާކުވެފައި ހުރިކަން އެޗްޑީސީއަކަށް ނޭނގޭ!

މާލޭގެ މަޖީދީ މަގުގައި ހުންނަ މާލޭ ގްރޭންޑް ފްލެޓުތަކުގެ އަލިފާން ނިއްވާ ނިޒާމު ހަލާކުވެފައި ހުރިކަން އެ ކޯޕަރޭޝަނަށް ނޭނގޭ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި މަޑުކުރެވޭނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި

ދިވެހި ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ވިސާއާ ނުލައި ތައިލެންޑުގައި މަޑުކުރެވޭނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި މުވައްޒަފުން ވެއްދި އެޗްޑީސީން، އެމަގާމުތައް އުވާލައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ!

އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި، މުވައްޒަފުން ވެއްދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެމަގާމުތައް އުވާލައި، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.

ކުޅުދުއްފުށީ ކަރަންޓު މައްސަލަ ޙައްލުކުރަން ފެށި މަޝްރޫއު: "ވެރިކަން ބަދަލުވީފަހުން އިސްކޫރެއްވެސް އިތުރަށް ޖަހާނުލާ!"

ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ނިމިދިޔަ ސަރުކާރުން ފެށި 25 މެގަވޯޓުގެ އިންޖީނުގޭގެ މަޝްރޫއު، ވެރިކަން ބަދަލުވި ފަހުން އެއްކޮށް ހުއްޓި، އެތަން ވީރާނާވަމުންދާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސަރުކާރު އެސްއޯއީތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ ލިޔެކިޔުންތައްވެސް ވަކި ހިސާބަކުން ގެއްލިއްޖެ: ޝަމްހީދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިހާރު ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ފަށާފައިވާ މަސައްކަތުގައި ހުރި ހުރިހާ ލިޔެކިޔުންތައް ވަކި ހިސާބަކުން ގެއްލިއްޖެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް: އާޒިމް

މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް ކަމަށާއި، ކަންކަން ރަނގަޅު ކުރުމުގެ ނިޔަތެއް ނުވަތަ ވިސްނުމެއްވެސް މި ސަރުކާރުގައި ނެތްކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…