މި ސަރުކާރުގެ މިހާތަނަށް ގައްދޫ އަށް ލިބުނީ ހަމައެކަނި ޑިންގީ ޖެޓީއެއް، އެހެން ހުރިހާ މަޝްރޫއެއް އޮތީ ހުއްޓިފައި: އަމީތު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ވެގެންދިޔައިރު ގދ.ގައްދޫ އަށް ލިބުނީ ހަމައެކަނި ޑިންގީ ޖެޓީއެއް ކަމަށާއި، އެހެން ހުރިހާ ތަރައްގީގެ މަޝްރޫއެއް ހުއްޓިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.