Live 6,029 stories Updated Oct 27, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އާރަށަށް ރައީސްގެ އާއިލާ ބޭފުޅަކު ނޫން އިތުރު މީހަކު ދިޔަސް އެ ރިކޯޑް ޑިފެންސް މިނިސްޓްރީގައި ނުހުންނާނެ ކަމަކަަށް ގަބޫލެއްނުކުރަން: ރާއްޖެޓީވީ

އާރަށަށް ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ބޭފުޅަކު ނޫން އިތުރު މީހަކު ދިޔަ ނަމަވެސް އެ ރިކޯޑް ޑިފެންސް މިނިސްޓްރީގައި ނުހުންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވެއްޖެ އެވެ.

ޓެކުހާ ގުޅޭގޮތުން އިސްތިއުނާފުކުރާއިރު ބަހައްޓަންޖެހޭ ޑިޕޮސިޓު 50 ޕަސެންޓަށް ބޮޑުކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި

މީރާއިން ކަނޑައަޅާ ޓެކްސްގެ އަދަދާމެދު ހިތްހަމަނުޖެހިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އިސްތިއުނާފު ކުރާއިރު ކުރިން ބަހައްޓަން ޖެހޭ ޑިޕޮސިޓު 25 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފި އެވެ.

ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރު ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި އެވެ.

ޓެކްސް ބޮޑުކޮށްގެން ސަރުކާރުން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުން، އަދި އެއިންވެސް ކުރަމުންދަނީ ވައްކަން: ނާޒިލް

ޓެކްސް ބޮޑުކޮށްގެން މި ސަރުކާރުން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުން ކަމަށާއި އަދި އެއިންވެސް ކުރަމުންދަނީ ވައްކަންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 2018 ވަނަ އަހަރުގެ ތެރޭގައި އުސޫލުތަކާ ޚިލާފަށް ދޯންޏެއް ކުއްޔަށް ހިފި މައްސަލައިގައި، އެ ކުންފުނީގެ ޕްރޮކިއުމަންޓްގެ ކުރީގެ އިސްވެރިޔާ ޏ. ފުވައްމުލަކު، މައިޒާން، މަރްޔަމް ދީނާ ސާލިޙު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ.

ރައީސް އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިގައި އެދިފައިވާ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އަންގައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިގައި އެދިފައިވާ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި އެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓޭ ގޮތަށް، ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހަދަނީ!

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓޭ ގޮތަށް، ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހެދޭ ގޮތަށް ގާނޫނުލްއުގޫބާތު ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ށ. ފީވަކު ކުޑަކުދިންގެ ޕާކް މަޝްރޫއު: މަސައްކަތް ފެށިތާ އަހަރެއް ވެގެން ދިޔަ އިރު އަދި ރޭނުނީ ވަށާފާރު!

ށ. ފީވަކުގައި ފަށާފައިވާ ކުޑަކުދިންގެ ޕާކުގެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ ރައްޔިތުން ރުޅި އަރުވަން، އަދި މިސަރުކާރުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅާނެ: މެންބަރު ޣަފޫރު

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ ރައްޔިތުން ރުޅި އަރުވަން ކަމަށާއި އަދި މިސަރުކާރުން ކައުންސިލަރުންގެ މުސާރަ ކުޑަ ކުރަން ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ދީފައިވާ އީގަލްސް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ރާއްޖެއަށް ކުރި ދަތުރުގައި ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ ހާޒިރުގައި، "އަބްދުﷲ" ނަމަކަށް ކިޔާ ފަރާތަކަށް އެތައް މިލިއަން ޑޮލަރެއް ދީފައިވާކަން ހާމަ…

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި ސިޔާސީ މަގާމުގައި ތިބި މުވައްޒަފުންތަކެއް ނަށާ ވީޑިއޯއެއް އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

Loading fresh headlines…