Live 6,031 stories Updated Jul 13, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ތަކުރާރުކޮށް ހުރަސް އަޅާތީ ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާކޮށްފި!

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި ރައީސް އޮފީސް ޖޫރިމަނާކޮށްފި އެވެ.

ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވި ނަމަވެސް އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރޭ: އިލްޔާސް ލަބީބު

ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވެފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރާކަން ހާމަވެއްޖެ އެވެ.

ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް

ކައުންސިލަރުންނަކީ މަސައްކަތެއް ނުކުރާ ބައެއްގެ ގޮތުގައި ޕީއެންސީގެ ރައްޔިތުން މަޖިލިސް މެންބަރުން ސިފަ ކުރައްވަނީ ހަގީގަތް ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ ކަމަށް މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު ވި…

ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިންގ އަޅަން ހަނިމާދޫ ކައުންސިލުން އެއްބާރުލުމެއް ނުދޭ: މުއްތަލިބު

ހދ. ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް އިމާރާތް ކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި

ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއު ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިމުނު އެމްޑީޕީގެ ސަރުކާރުން ފެށި މަޝްރޫއުތައް ހުއްޓާލުމާއި، މި ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް މަޝްރޫއުތައް ނުހިންގާ ބަހަނާއެއްގެ ގޮތުގައި އިންޕްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހިލަ ނުލިބުން ކަމަށް ދައްކަވައިފި އެވެ.

ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު

އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ވިސްނުމަކީ ވ. ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް

ގަތަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި އެއް ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު

މިދިޔަ 2025 ވަނަ އަހަރުގެ އެޕްރީލް 8 ވަނަ ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރި އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އޭގެ 7 މަސް ފަހުން ނޮވެމްބަރުގައި ފަށާފައިވާ ކަމަށް އިއުލާނު ކުރުމަށް ފަހު އޭގެ އިތުރު 8 މަސް ފަހުން އެކަމާ ގުޅޭ ސުވާލު ކުރުމުނ…

ހިތަދޫ ކޯޒްވޭގެ މަސައްކަތް ލަސްވާތީ ސުވާލުކުރިތާ 306 ދުވަސް ފަހުން މުއްތޮލިބް ދެއްވި ޖަވާބު: މަސައްކަތް ލަސްވަނީ ކުރީ ސަރުކާރުން ބައިވަރު މަޝްރޫއު ޙަވާލުކޮށްފައި ހުރީމަ!

ލ ހިތަދޫ ކޯޒްވޭގެ މަސައްކަތް ލަސްވަނީ މިދިޔަ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ޙަވާލުކޮށްފައި ހުރުމުންކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…