Live 6,031 stories Updated Jul 12, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން: ނިމާލު

ކައުންސިލްތަކާ ހަވާލުނުކޮށް ސަރުކާރުން ކުރިއަށް ގެންދާ ކުދި މަޝްރޫއުތައް ދަނީ ފަނުފުލުން ކަމަށް މ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނިމާލު ވިދާޅުވެއްޖެ އެވެ.

ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު

ގައުމަށް މިވަނީ ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ގޮތް ކަމަށް އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމަށް މ. އަތޮޅުގައި ހަރުކުރި ހުރިހާ ބޮޔެއް ވެސް މިހާރު ހުރީ އެއްގަމުގެ އެކި ތަންތާ!

މ.އަތޮޅުގެ މަސްވެރިން މަސްވެރިކަން ކުރުމަށް ބޭނުންކުރާ ތިން ބޮއިވެސް ކަނޑައިގެންގޮސް، އެ އަތޮޅުގެ މަސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ވެރިކަންކުރާ ޕީއެންސީން ދައުލަތުގެ މުދަލަށް ގެއްލުންދީ ބޮޑު މާރާމާރީއެއް ހިންގި މައްސަލަ ފުލުހުން ބަލަނީ

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ހުޅުމާލޭގައި ބެހެއްޓި ވޯޓު ފޮށި ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފި އެވެ.

ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް

ސިޔާސީ ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމާއި ކުށްތަކަށް އަރައިގަތުން ކަހަލަ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުގެ އެއްބާރުލުން ނުލިބޭނެ ކަމަށް އެ ކޮމިޝަނަށް ރައީސް މުއިއްޒު އައްޔަނު ކުރެއްވި އައު ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މުހައްމަދު ޝަކީލް ހުންނެވުމެކޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުމެކޭ އެއްވެސް ތަފާތެއް ނެތް ކަމަށް އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝް އާއި ރާއްޖެ އިން ކުށްވެރިން ބަދަލުކުރުމަށް އެއްބަސްވަނީ

ބަންގްލަދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެވޭ އެއްބަސްވުން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށް ބަންގްލަދޭޝް ހައިކޮމިޝަނުން ހާމަ ކޮށްފި އެވެ.

ޕާކިސްތާނާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުޙައްމަދު އިސްޙާޤް ދާރު، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އިރުތިޝާމް އާދަމްއާ ހޮނިހިރު ދުވަހު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ. މި ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ހިނގަމުންދާ މުހިންމ…

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގައި 85 އިންސައްތަ މީހުން ވޯޓުލާން ނުކުތް: އަބްދުއްރަޙީމް

ވެރިކަން ކުރާ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގައި އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް 85 އިންސައްތަ މީހުން ވޯޓުލާން ނުކުމެފައިވާ ކަމަށް އެ ޕާޓީގެ ޗެއަރޕަރސަން އަބްދުއްރަޙީމް އަބްދުއްﷲ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…