Live 6,031 stories Updated Jul 11, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އާންމުންގެ ޝަކުވާގެ ރާޅެއް: ތަކެތީގެ އަގު އުޑަށް، ބޭސްލިބުން ދަތިވެއްޖެ، ކަރަންޓު ބިލްތައް ދެގުނަ!

މި ސަރުކާރު އައި ފަހުން ވިޔަފާރިތައް ބަނގުރޫޓުވެ، ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް އުފުލެމުންދާތީ ހދ. ހަނިމާދޫގެ ރައްޔިތުންނާއި ވިޔަފާރިވެރިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!

ހދ ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތްކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން: ޙުސައިން

މިސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ރައީސް މުއިއްޒުއަށް ސަޕޯޓުކޮށް ޓްވީޓް ކުރާ މީހުންނަށް ވަޒީފާ ދިނުން ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ގެއެއްގެ ތިޖޫރީ ފަޅާލައި 4 މިލިއަން ރުފިޔާ ވަގަށްނެގި ބައެއްގެ މައްޗަށް ދައުވާކޮށްފި

15 މާރިޗު 2026 ދުވަހުގެ ވަގުތެއްގައި މ. ނަލަހިޔާ ރެސިޑެންސްގޭގެ އެޕާޓްމަންޓެއްގައި ހުރި 2 (ދޭއް) ތިޖޫރީ ފަޅާލައި، އޭގައި ހުރި 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަގަށްނެގި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ އުފުލައިފި އެވެ.

އާމްދަނީއެއް ނުލިބޭ ގޮތަށް ދުވަސްވީ މީހުން ބެލުމަށް އޮންނަ އޮތުން ލުއިކޮށްދެވޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ޢުމުރުން ދުވަސްވީ މީހުން ނިސްބަތުން ގިނަ އާބާދީއަކާ ދިމާއަށް ދިވެހިރާއްޖެ މިސްރާބުޖަހާފައިވާ މި ދަނޑިވަޅުގައި، ޞިއްޙީ އޮނިގަނޑުތައް ދަމަހައްޓައި އެ އާބާދީއަށް އެއްބާރުލުންދިނުމަށްޓަކައި، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ލާޒިމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއް…

ލޯންޗް އެކްސިޑެންޓް: އަނިޔާވި 5 މީހުންގެ ތެރެއިން 3 މީހުންނަށް އަދިވެސް ވޯޑުގައި ދަނީ ފަރުވާ ދެމުން!

މިދިޔަ ބުރާސްފަތި ދުވަހު ދުވަހު ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންގެ ތެރެއިން 3 މީހުންނަށް އަދިވެސް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ވިލިމާލެއަކީ ފެހިކަމާ ގުދުރަތީ ރީތި ސިފަތައް ލިބިގެންވާ ތަނެއް، އެތަން ކޮންކްރީޓް ޖަންގައްޔަކަށް ނުހަދާ: ނަޝީދު

ވިލިމާލެ އަކީ ފެހިކަމާ، ގުދުރަތީ އެތައް ސިފައެއް ލިބިފައިވާ ރީތި ތަނަކަށް ވާއިރު އެ ތަން ހިމާޔަތް ކޮށް އެގޮތުގައި ބޭއްވުމަށާ އެތަން ކޮންކްރީޓް ޖަންގައްޔަކަށް ނުހެދުމަށް އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހަކީ، އޯޓިސްޓިކް މީހެއް ކަމަށާއި، ކުޑައިރުން ފެށިގެން ފަރުވާ ހޯދާތީ، މިހާރު ވެސް އޭނާ ގެ ނަފުސާނީ ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް ދިފާއުން ކޯޓުގައި ބުނެފި އެވެ.

Loading fresh headlines…