ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް
އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ބިންތައް ކުއްޔަށް ދިނުމުގައި ގަވާއިދާ އެއްގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
RaajjeTV
Live feedއއ. ބޮޑުފޮޅުދޫ ކައުންސިލްގެ ބިންތައް ކުއްޔަށް ދިނުމުގައި ގަވާއިދާ އެއްގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
ހއ. ހަނިމާދޫގައި ޕޮލިސް ސްޓޭޝަން ޤާއިމުކުރުމަށް ފަށާފައިވާ މަޝްރޫއުގެ މަސައްކަތް މުޅިން ހުއްޓިފައި އޮތުމާ ގުޅިގެން އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ކުރިއަށްގެންދާ މަޝްރޫއުތަކާއި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމުގެ ނަމުގައި ޕަބްލިކް ރިލޭޝަންސް (ޕީއާރު) ކޮންސަލްޓަންޓެއް އައްޔަނުކުރުމަށް އެ މިނިސްޓްރީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ ޕީއެންސީ އަށް ދީފި ނަމަ ޑޮލަރުގެ އަގު ހުއްޓުމެއް ނެތި މައްޗަށް ދާ ދިއުން ހުއްޓޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިން ތާ ވެސް ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު ވެސް މި މައްސަލައަށް ހައްލު ނުލިބޭތީ ސުވާލު ކުރ…
ސަރުކާރުން "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާ ދަނޑިވަޅެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.
ގ.ފުންފަޅު ގޭގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅޭ 58 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތުގައި ހުރި އެކިއެކި މައްސަލަތަކާ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާ ގުޅޭ މައްސަލައަށް މި ސަރުކާރަށް ހައްލެއް ގެނެވޭނެ ތާރީޚެއް، އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅެއް ނުވި އެވެ.
ހޯޕް އައިލެންޑްގެ ނަމުގައި ސަރުކާރުން ހިންގުމަށް ރާވާފައިވާ މަޝްރޫއުއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުރިހަމަ މޮޑެލްއެއް އެކުލަވާލާފައިވާ ޕްރޮޖެކްޓެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޑިޖިޓަލައިޒްކޮށް ކަރުދާސް ބޭނުންކުރުން މަދުކުރާ ނުވަތަ "ޕޭޕަރލެސް" ކުރާ ވާހަކަ ދައްކާއިރު، މިއަދު ދިވެހި ރައްޔިތުން ތިބީ އަތްމަތި ހުސްވެ "ރުފިޔާލެސް" ވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މޫނުމަތި ރީތިކުރުމަށްޓަކައި ޕަބްލިކް ރިލޭޝަންސް ނުވަތަ ޕީއާރް މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކުރުމަކީ، ސަރުކާރުގެ ހަރުދަނާކަމެއް ނެތް ސިޔާސަތުތައް ފޮރުވަން ކުރާ މަސައްކަތެއް ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެ…
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ ގައުމީ ދާރުލް އާސާރަކީ ވާރޭ ވެހޭތަނެއް ކަމަށާއި، އެތަން މަރާމާތު ކުރި ކަމަށް އެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރު އަދި މާލޭގެ އާސާރުތަކާ ހަވާލުވެ ހުންނެވި މުހައްމަދު ނާޒިމް (ބައުންޓީ) …
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފި އެވެ.
Loading fresh headlines…