Live 6,033 stories Updated Jul 5, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ލަންކާގައި މީހަކު މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ރާއްޖެއިން ފޮނުވާލައިފި

ސްރީލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަންހެނުން ބަޑިޖަހައި މަރާލި މައްސަލައެއްގައި ހޯދަމުންދިޔަ، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕަކަށް ނިސްބަތްވާ ކަމަށް ތުހުމަތުކުރެވޭ 23 އަހަރުގެ ޒުވާނަކު ދިވެހިރާއްޖެއިން އަނބުރާ ލަންކާއަށް ގެންގޮސްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭ މައްސަލައިގައި ސުވާލު ކުރުމަށް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހަށް ހާޒިރު ކުރުމަށް އެޖެންޑާ ކޮށްފި އެވެ.

ކުރިއާލައި ބިންހެލުން ދެނެގަނެވޭނެ ގޮތެއް ނޯވޭ: މެޓް

ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލައި، ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައި ނުވާ ކަމަށާ ރާއްޖެއާ ގުޅޭ މައުލޫމާތުތައް މޫސުމާ ބެހޭ ގައުމީ އިދާރާ އިން އަބަދުވެސް ހާމަ ކުރަމުން ދާނެ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސަރުކާރަށް ގޮވާލަމުން ދަނިކޮށް ހީނާ ވަލީދުގެ މިނިސްޓްރީ އަށް ޕީއާރު މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއް ހޯދަން އިއުލާން ކޮށްފި އެވެ.

ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ މަންދޫބަކު ބައިވެރިނުވާކަން ކަށަވަރުވެއްޖެ

އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ އެންމެ މަތީވެރިޔާ އާޔަތުﷲ ޚާމަނާއީގެ ޖަނާޒާގައި ދިވެހިރާއްޖޭގެ ފަރާތުން އެއްވެސް މަންދޫބަކު ބައިވެރިނުވާކަން މި ނޫހަށް ކަށަވަރުވެއްޖެ އެވެ.

ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު

ކުރީގެ ރައީސުން ބައިވެރިވެވަޑައިގަންނަވާ ސިޔާސީ އެއްވުންތަކާއި މުޒާހަރާތަކުގައި އެ ބޭފުޅުންނަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ ނާގާބިލް ސަރުކާރެއް ކަމަށާ، ގައުމަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގެ ވެސް އަދި ޑޮލަރު ހޯދުމުގެ ގާބިލު ކަމެއް ވެސް މި ސަރުކާރުގައި ނެތް ކަމަށް އެމްޑީޕީ ގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ

އެމްޑީޕީ އަށް ސޮއިކުރުމުން ވ.ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލުވާލާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޚިދުމަތް ނުފެށޭ ޑީބީއެމްގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަރޫނީ މަގާމުން އިސްތިއުފާ ދެއްވައިފި

މިހާތަނަށް އެއްވެސް ޚިދުމަތެއް ނުދެވޭ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމް) ގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކޮބައިކަން ސާފެއް ނުވޭ: ހަނިމާދޫ ކައުންސިލް

ހދ. ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކޮބައިކަން ސާފުނުވާ ކަމަށާއި، އެ މަޝްރޫއު ކުރިއަށްދަނީ ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށް ބުނެ ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Loading fresh headlines…