Live 6,033 stories Updated Jul 4, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު

ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް

މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން، ކުޅުދުއްފުށީގައި އެޅުމަށް ވައުދުވެފައިވާ 3400 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމަވައިފިނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ވޯޓު ދެއްވާނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖ…

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް ދައްކަމުންދާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ އެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި 6 މީހަކު ހައްޔަރުކޮށްފި

މާލެ އާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 6 މީހަކު ހައްޔަރުކޮށްފި އެވެ.

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީން) އަށް ނުނިންމޭނެ ކަމަށާއި، ރާއްޖޭގެ ގާނޫނު އަސާސީން އެގޮތަށް އެކަން ކުރުމުގެ ފުރުސަތު ނުދޭ ކަމަށް ރަ…

މި ސަރުކާރާއެކު ކަސްޓަމްސްގައި ވައްކަން އިންތިހާއަށް އިތުރު، އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވޭ: މެންބަރު ޣަފޫރު

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ވެސް ވައްކަން އިންތިހާއަށް އިތުރު ކަމަށާއި، ވަގަށް އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

2030 ވަނަ އަހަރު އަންނައިރު ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ނުވާނެ!

އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގައި ތިމާވެށީގެ ނުރައްކާތައް އިތުރުވަމުންދާތީ، މޫސުމަށް އަންނަ ބަދަލުތަކާއި، ދިރުންތަކުގެ ނަސްލު ނެތިދިއުމާއި، ތަޣައްޔަރުވުމާ ދެކޮޅަށް ކުރާ މަސައްކަތްތައް އަވަސްކުރުމަށްޓަކައި އެ ސަރަހައްދުގެ ގައުމުތަކުން މޫސުމީ އަދި ދެމެހެއްޓެނިވި ތަރައްގީގެ އާ ރޯޑްމެޕެއް އެކުލަވާލައި…

ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓަކަށް މާލީ ވުޒާރާގެ ހުއްދަ ނުލިބި އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ އެވެ.

‎"އައްޑޫ-ޖިއްދާ" ރޫޓާ ބެހޭ މައުލޫމާތު ދިނުމުގެ ބޮޑު ޖަލްސާއެއް ބާއްވަނީ!

ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ ފަރާތުން އައްޑޫ އިން ސީދާ ޖިއްދާއަށް ކުރާ ތާރީޚީ ފުރަތަމަ ދަތުރުގެ ބައިވެރިން 2026 ޖުލައި މަހުގެ 12 ވަނަ ދުވަހު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާނެ ކަމަށް ދަތުރުވެރިޔާއިން ހާމަކޮށްފި އެވެ.

އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރި މައްސަލައިގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފި އެވެ.

ހަނިމާދޫ ސްކޫލްގެ އާ އިމާރާތް އަޅާ ސަރަހައްދުގައި ކުރާ ހަމައެކަނި މަސައްކަތަކީ، ކޮންމެ ދުވަހަކު "ސަން ނެޓް" ގަ ގޮށެއް ޖަހާލުން: ކައުންސިލް

ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓިފައި އޮތް އޮތުމާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.

ސްޓެލްކޯ އަށް ފާއިތުވި އަހަރު އެތައް މިލިއަނުން ސާފު ފައިދާ ލިބުނީ ރައްޔިތުންގެ އަތުން ވައްކަން ކޮށްގެން: މެންބަރު ޣަފޫރު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ފާއިތުވި އަހަރު އެތައް މިލިއަނުން ސާފު ފައިދާ ލިބުނީ ރައްޔިތުންގެ އަތުން ވައްކަން ކޮށްގެން ކަމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

Loading fresh headlines…