Live 6,033 stories Updated Jul 3, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގައުމީ ދިދަޔާ މުހާތަބުކޮށް ގައުމިއްޔަތުގެ ވާހަކަ ދެއްކެވި ނަމަވެސް، އެމަނިކުފާނުގެ ކިބައިގައި ގައުމިއްޔަތުގެ ވަސްވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ކަމަށާއި، އެތަން ބޭނުންނުކޮށް ބޭއްވުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި

ރާއްޖެއަށް ބޭނުންވާ ބޭސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދެވި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން" (ސްޓޭޓް ފާމާ) އަށް ބޭހަކަށް އޯޑަރު ކުރިތާ ހަތަރު މަސް ވެގެން ދިޔައިރުވެސް ބޭސް ނުލިބޭ މައްސަލައެ…

ބިންގާ އަޅަން އޮއްސާލި ކޮންކްރީޓް ކޮޅާއެކު ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި

ހދ. ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އިމާރާތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާޒިރުގައި ބިންގާ އެޅުއްވި ފަހުން، އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށް ބުނެ ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހއ.އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި ކަމަށާއި، އެކަމުގެ ސަބަބުން މުޅި ރަށް ގިރަމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފި އެވެ.

އިމްތިހާންއާ ދިމާކޮށް ދަރިވަރުން ދަނާލުން ނުނެރޭނެ، ތަން ހުސް ކުރުމަށް ވެސް ނާންގާނެ: އެމްއެންޔޫ

އިމްތިހާންތަކާ ދިމާކޮށް ދަރިވަރުން ދަނާލުން ނުނެރޭނެ ކަމަށާއި، ތަން ހުސް ކުރުމަށް ވެސް ނާންގާނެ ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ބުނެފި އެވެ.

ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާ: ދެ އެޕާޓްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ، 15 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 110 ވަނަ ފުލެޓުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ހަމަޖައްސައިދީފި އެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ) އުފެދުނުތާ 105 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށް ދާ މަޝްރޫއުއަކީ ހިއްކާ ސަރަހައްދުތައް ގިރުމުގެ މަޝްރޫއު: ޑީޑީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށް ދާ މަޝްރޫއުއަކީ ހިއްކާ ސަރަހައްދުތައް ގިރުމުގެ މަޝްރޫއު ކަަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

Loading fresh headlines…