Live 6,033 stories Updated Jul 1, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަނީ ދޮގު ޚަބަރެއް: ބޮޑުފޮޅުދޫ ކައުންސިލް

އއ. ބޮޑުފޮޅުދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅުވައިގެން ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށް ބުނެ އެކަން އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ޙަލީމަތު ލަމްހާ އަބްދުއްރަޙުމާން 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.

މަންޓާ އެއާގެ ޕައިލެޓުންނާއި އިންޖިނޭރުން ހަޅުތާލުކުރަން ނިންމައިފި

މުސާރައިން އުނިކުރަމުންދާ މިންވަރު އަނބުރާ އިއާދަނުކޮށް، ގިނަ ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، މަންޓާ އެއާގެ ޕައިލެޓުންނާއި އިންޖިނޭރުން އަންނަ ހޮނިހިރު ދުވަހު (4 ޖުލައިގައި) ހަޅުތާލުކުރަން ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި

ކޮންމެ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަމުން އައި 8 ރުފިޔާގެ ބަދަލުގައި 4 ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މިއާ އެކު ބިޑިން ނަގާ ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ މާވިން އެސްވައި ވާގަސް (ޔޫސުފް) 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އެއްވެސް ކަމެއް ފުދިފައިނުވާކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ސައުދީގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކުރައްވައިފި

ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ޕްރިންސް ޚާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް، އެ ގައުމަށް މިހާރު ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާ އަންގާރަ ދުވަހު ބައްދަލުކުރައްވައިފި އެވެ.

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

މިނިވަން ދުވަސް ފާހަގަކުރުމަށް މާލޭގައި ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އަތޮޅުތެރޭގައި މިނިވަން ދުވަހުގެ ޙަރަކާތްތަކަށް އެންމެ ރުފިޔާއެއްވެސް ސަރުކާރުން ޚަރަދުކޮށްފައި ނުވާކަން ހާމަވެއްޖެއެވެ.

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ ފިލްމު އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Loading fresh headlines…