Live 6,033 stories Updated Jun 28, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކޮންޓޭނަރުތަކެއް އޮޔާދާތީ، ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ މާލެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ 2 ފަހަރު ބޭރު ކުރުން: ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ނިންމައިފި

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރިކަން މި ސަރުކާރުން ހުޅުވާލާފައިވާތީ އެކަން ހުއްޓުވުމަށް ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ދެ ވަނަ ފަހަރަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފި އެވެ.

ބީއެމްއެލް މެދުވެރިކޮށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހާލީ ޕީއެންސީ މަޖިލިސް މެމްބަރުންނަށް: ޔައުގޫބް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މި ސަރުކާރުން ހިންގި 2.7 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއުތަކަކީ، ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ މެމްބަރުންނާ ގުޅުންހުރި ފަރާތްތަކަށް ބަހާލާފައިވާ މަޝްރޫއުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީ…

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާޢީ، އިޤްތިޞާދީ، އަޚްލާޤީ އަދި ޤައުމީ ސަލާމަތަށް ހުރި ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވައި، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅުއެޅުމަށް، ރައީސުލްޖުމްހޫރިއްޔާ…

ހިރިމަރަދޫ ޗާޓުން ގެއްލުވާލުމަށްފަހު އެކަމުގައި އުޅުނު ސިޔާސީ ބޭފުޅުން މިހާރު ތިއްބެވީ ފިލާ: ކައުންސިލްގެ ރައީސް

ހދ. ހިރިމަރަދޫ ޗާޓުން ގެއްލުވާލުމަށް ފަހު އެކަމުގައި އުޅުނު ސިޔާސީ ބޭފުޅުން މިހާރު ތިއްބެވީ ފިލާ ކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތްތަނުގައި 21 ނުވަތަ 22 އަށް ރުފިޔާއަށް ޑޮލަރުގެ ރޭޓް މައްޗަށް ދާނެ: އަމްރު

ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގައި 21 ރުފިޔާ ނުވަތަ 22 ރުފިޔާ އަށް ޑޮލަރުގެ ރޭޓް މައްޗަށް ދާނެ ކަމަށާއި، އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު އެތައް ގުނައަކުން ބޮޑުވާނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ދަރަނި ދެއްކުމަށް ރައްޔިތުން ސަރުކާރަށް ދިން 900 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ، ދަރަނި ދެއްކީ ރިޒާވުން: މެންބަރު ޝަމްހީދު

ރާއްޖޭގެ ރައްޔިތުން ދަރަނި ދެއްކުމަށް ފައިސާ ދިން ނަމަވެސް ދަރަނި ދެއްކީ ރިޒާވްގައި ހުރި ފައިސާއިން ކަމަށާއި، ރައްޔިތުން ސަރުކާރަށް ދިން ފައިސާތަކަށް ވީނުވީ ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މާލީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރަކުން ނުބުނަން: އިސް ތަރުޖަމާނު

މާލީ ގޮތުން ދިވެހިރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް އެއްވެސް އިރަކު ސަރުކާރުން ނުބުނާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

Loading fresh headlines…