Live 6,033 stories Updated Jun 25, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

100 އަހަރަށްވުރެ ގިނަ ދުވަސްވީ އުސްގެކޮޅަށް ގެއްލުންދިން މައްސަލަ އެއް ފުލުހުންނާ ގުޅިގެން ބަލަން ފަށައިފި

ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައި ކަމުގައިވާ "އުސްގެކޮޅު"ގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދީފައިވާ މައްސަލައެއް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަން ފަށައިފި އެވެ.

އެމްކިއުއޭގެ ތުހުމަތުތަކަކީ އިތުބާރު ގެއްލުވާލަން ކުރި ކަމެއް: އެވިޑް ކޮލެޖް

ރަޖިސްޓްރީ ކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށް ބުނެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކުރާ ތުހުމަތުތަކަކީ، އެވިޑް ކޮލެޖާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރު ގެއްލުވާލުމަށް އިޚްލާސްތެރިކަމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު ތަރައްޤީކުރާނީ އިސްދޫ ކަލައިދޫގައި: މިނިސްޓްރީ

ލާމު އަތޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫ ކަލައިދޫގައި އެޅުމަށް ނިންމާފައިވާކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކޮށްފިއެވެ.

ފޯޖް ސަނަދު އިތުރުވާ މައްސަލަ: ޖީނާއީ ބޮޑު ކުށަކަށް ހަދައި، އެމްކިއުއޭގެ އިސްވެރިން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް ހުށަހަޅައިފި

ރާއްޖޭގައި އެކްރެޑިޓް ނުކުރާ އަދި ފެންވަރު ކަށަވަރުނުކުރެވޭ ސަނަދުތައް ދޫކުރުމާއި، ފޯޖް ސަނަދުތައް އިތުރުވާ މައްސަލައިގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ.

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް، ދަރިވަރުންގެ ކާޑުތަކަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް، ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެހެންވެ: ކައުންސިލް

ހއ ހޯރަފުއްޓަކީ އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ ކިޔާ ރަށެއް ކަމަށާއި، ހދ. ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެ ސަބަބާހުރެކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަންނަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް ހުއްޓުވުމަށް ރާއްޖޭގެ ދިފާއީ ބާރުތަކުން ހަރަކާތްތެރިވެއްޖެއެވެ.

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

ދިވެހިރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތަކު ނަފްސާނީ ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…