Live 6,033 stories Updated Jun 24, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ޝަކީލު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދަފްތަރު. ނަންބަރު ރސ 13449، އަލްފާޟިލް މުޙައްމަދު ޝަކީލު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުމުގައި މައިނޯރިޓީ ނުވަތަ އިދިކޮޅު ޕާޓީތަކަށް ލިބެންޖެހޭ ފުރުސަތުތަކަށް ހުރަސްއަޅައި، ސަރުކާރު ހިންގާ ޕީއެންސީން މަޖިލީހުގެ ތެރޭގައި ޖެއްސުން ކުރަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ތުހުމަތުކޮށްފިއެވެ.

އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭ: ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރައްވައިފި

ކުޅިވަރާއި ހަށިހެޔޮކަމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށް، ކަންކަމުގައި ދެމިތިބުމުގެ ސިފަ އަށަގަންނުވައި، ފުރިހަމަ ގާބިލުކަން ހާސިލުކުރުމަށް ޒުވާނުންނަށް އެހީތެރިވެދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން، ރައީސުލްޖުމްހޫރިއްޔާ …

ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް

ދިވެހި ޒުވާނުންނާ، އެތައް ދިވެހި ރައްޔިތަކު ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމުގެ ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އަށް

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތައަށް ކުޑަ ކުރުމަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ، އެ ބިލު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ސިނގިރޭޓްގެ އަގުބޮޑު ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން، ކަސްޓަމްސްގެ އާމްދަނީ އިން މި ސަރުކާރުން 2 ބިލިއަން ރުފިޔާ ވަގަށް ނަގައިފި: ޣަފޫރު

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، އެ އަގުބޮޑު ކުރީ ކޮންމެހެން އޭގެ ސަބަބުން ރައްޔިތުންގެ ސިއްހަތަށް ގެއްލުން ވާތީ ނޫން ކަމަށާ އެކަން މި ސަރުކާރުން ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އ…

އެމިރޭޓްސްގެ "ޓްރެވަލް ރިހާސަލް" ޕްރޮގްރާމް ރާއްޖޭގައި ފެށުން

ދުނިޔޭގެ އެންމެ ފުރަތަމަ "އޯޓިޒަމް-ސެޓިފައިޑް" އެއަރލައިންގެ ލަގަބު ހޯދާފައިވާ އެމިރޭޓްސްއިން، ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި ފުރަތަމަ ފަހަރަށް "ޓްރެވަލް ރިހާސަލް" ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، ހިޒް އެކްސަލަންސީ އެސް. ޕޯލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އާ ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ބުދަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހު…

އިސްކަންދަރު ޔޫނިއަން ވޯކަރސްގެ ހަރަކާތްތައް ހުއްޓުވާނަން، ސްކޫލުތަކުގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން: މިނިސްޓަރު ޝަފީއު

ސްކޫލުތަކުގެ ނަން ބޭނުން ކޮށްގެން ޔޫނިއަންތައް ހަދައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

"ސޮހޯ މަންޑެއްޔަކަށް" ވެރިކަން ދިނުމުގެ ނުރައްކާ ދިވެހިންނަށް މިއަދު މި ދަނީ ފެންނަމުން: ޒިޔާދު

ސޮހޯ މަންޑެއްޔަކަށް ނުވަތަ (އެއްވެސް ކަމެއް ނުދަންނަ މީހަކަށް) ވެރިކަން ދިނުން މާ ނުރައްކާކަން ދިވެހިންނަށް މިއަދު އެނގެމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

Loading fresh headlines…