ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު
ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް މާބޮޑު ފައިދާއެއްވާނެ ކަމަށް ގާބޫލުނުކުރައްވާ ކަމަށާއި، މި މަޝްރޫއިން ސަރުކާރުން އަންދާޒާކުރާ މިންވަރަށް ފައިސާ ނުލިބޭނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.