Live 6,033 stories Updated Jun 22, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"

ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގައި ސައިކޮލޮޖީ ކިޔަވައިދޭނެ ޓީޗަރަކު ނެތުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރަމުންދާ ކަމަށް ބުނެ ބެލެނިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި، މާލެ ސަރަޙައްދުގެ ސްކޫލެއްގައި ދަރިވަރުންތަކެއް އަމިއްލަ ނަފްސަށް ގެއްލުންދީ ދީނާ ޚިލާފު…

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީ، ޕީއެންސީ ގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅި އެއްވެސް ބިލަކުން ނުވަތަ ސަރުކާރުން ކުރި އެއްވެސް ކަމަކުން ފައިދާ އެއް ލިބުނު ރައްޔިތަކު ނެތް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސަރުކާރު ހިންގަން އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އުޅުއްވަނީ ޑްރާމާ ކުޅެއްވުމާއި ފިލްމު ކުޅެއްވުމުގައި ކަމަށާ މި ސަރުކާރުން ލ. ގަމަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް އެ ރަށު ރައްޔިތުން ބުނެފި އެވެ.

ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވައިފި

ކުޅުދުއްފުށި ސިޓީގައި ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރުމާއި ގުޅިގެން އެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙުމަދު އަބްދުﷲ (ރޯޒޭ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޖަރުމަނުވިލާތުގެ ބަރލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ ވަޑައިގެންފި

ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި "ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މާލެ ވަޑައިގެންފިއެވެ.

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައި ދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖ…

ސަރުކާރަށް ދެއަހަރަށް ވުރެ ގިނަ ދުވަސްވެގެންދާއިރު، ދިއްދޫގެ ޖޫނިއަރ ކޮލެޖު ހުޅުވޭވަރު ނުވުމަކީ ދެރަ ކަމެއް: ވަހީދު

މިދިޔަ ސަރުކާރުގައި ބޮޑު އިންސައްތައެއްގެ މަސައްކަތް ނިންމާފައިވާ ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް މިސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ހުޅުވައި ކިޔައިދޭން ނު ފެށިވާ ކަމީ، ވަރަށް ދެރަވަރު ކަމެއް ކަމަށް އެދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…