Live 6,033 stories Updated Jun 20, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން، ޓްރާންސްޕޯޓިގެ ޚިދުމަތްތައް ހުއްޓާލުމާއެކު ކަންބޮޑުވުން ފާޅުކުރައްވަމުން, އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުންފުޅު އެބަހުރި ކަމަށް ކުޅު…

މިދިޔަ އަހަރުން ފެށިގެން ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަން ރުފިޔާ ގެއްލިފައިވޭ: ފުލުހުން

މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ހިނގާފައިވާ އެކިއެކި ސްކޭމް މައްސަލަތަކުގައި އާންމު ރައްޔިތުންގެ އަތުން 33 މިލިޔަން ރުފިޔާއަށްވުރެ ގިނަ ފައިސާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފި އެވެ.

ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ

ރަށްރަށުގައި ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީ ވުމަށްވުރެ ކަތީބުންގެ ޒަމާނުގައި ރަށްތަކަށް މާ ބޮޑަށް ފައިދާވެގެން ދިޔަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، (އައިބީ) ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރުމަކީ ދުނިޔޭގެ އެއްވެސް ތަހުޒީބު މުޖުތަމައެއްގައި ކަންކުރާ ގޮތެއް ނޫންކަމަށާއި، ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މުޅިން އެހެން ލެވެލްއެއްގައި ވަޒީފާގެ ބިރު ދައްކަވަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީ…

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

ރައީސް ޑރ. މުހައްމަދު މުއިއްޒު، ލޯނުތައް ދައްކަވާ ކަމަށް ވިދާޅުވާއިރު، އެމަނިކުފާނު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު އެ ދައްކަވާ ލޯނަށް ވުރެ މާ ބޮޑު ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އުފައްދަވަމުން ގެންދަވަނީ އިންގިލާބެއްގެ ފެށުން ކަމަށާއި، ދިވެހިރާއްޖޭގެ ރައްޔިތުން އިންގިލާބަށް ނުކުންނާނެ ކަމަށާއި، އެ ރައްޔިތުން އެ މީހުންގެ ހައްގުގައި އަދާކުރަންޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުންގެންދާނެ ކަމަށް ކުރީގެ ރައީސް އަދި…

ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު

އެމްޑީޕީން ނުކުމެ ތިބީ ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކުރަން އެކަނި ނޫން ކަމަށާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ވެއްދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެ ކޯޕްރޭޝަނުން ހުޅުވާލައިފި އެވެ.

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަޒީފާތަކުން ވަކިކުރަމުންދާ މުވައްޒަފުންގެ ޙައްޤުތައް ހޯދައިދިނުމަށް އެމް.ޑީ.ޕީން ކޯޓަށް ގޮސްގެން ވެސް މަސައްކަތް ކުރާނެ ކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް

ހުދުމުހުތާރު ވެރިކަމެއް ނިމިގެންދާއިރު ޖަހާ އެންމެފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

Loading fresh headlines…