Live 3,439 stories Updated Dec 29, 2025
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް

2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ހާމަވެއްޖެ އެވެ.

ގެޒެޓްކޮށްފައިވާ ފައިނަލް ލިސްޓަށް ފްލެޓް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވީ ވައުދާ ޚިލާފުވެ، ފްލެޓު ލިބުނު 450 ށް ވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލި ކަމަށް އެއްބަސްވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުން ހުޅުމާލޭގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރި ފްލެޓް ތައް ލިބުނު މީހުންގެ ފައިނަލް ލިސްޓުގައި ހިމެނުނު 450 އަށް ވުރެ ގިނަ މީހުންގެ އަތުން ފްލެޓު އަތުލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުން ގެ ލިސްޓް އިން އުނި ކުރި މީހުންގެ އަދަދު ހާމައެއް ނުކުރި!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރުން އާންމު ކުރި ފުލެޓު ލިބޭ މީހުންގެ ލިސްޓް އިން މިސަރުކާރުން އުނި ކުރި މީހުންގެ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތޮލިބަށް ޖެހިވަޑައިގެންނެވީ ރައީސް މުޢިއްޒުގެ ވައުދުފުޅު މާނަ ކޮށްދެއްވަން

އެ މީހަކަށް ލިބިފައި އޮތް އެއްޗެއް، ލިބިފައި އޮތް ތަނަކުން ދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދު މާނަ ކޮށްދެއްވަން ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްތޮލިބަށް ޖެހިވަޑައިގެންފި އެވެ.

ދީފައި އޮތް ތަނަކުން ގޯތި ދެއްވާނެ ކަމަށް މުއިއްޒު ވީ ވައުދާ ޚިލާފަށް ގިރާވަރު ފަޅުން ދޭން ނިންމާފައި އޮތް 1،114 ގޯތި ގުޅީފަޅަށް ބަދަލުކުރަނީ

އެމީހަކަށް ގޯތި ދީފައި އޮތް ތަނަކުން ދީފައި އޮތް މިންވަރަކަށް ގޯތި ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވީ ވައުދާ ޚިލާފުވެ ގިރާވަރުފަޅުން ދޭން ނިންމި 1،114 ގޯތި ގުޅީފަޅަށް ބަދަލުކުރާ ގޮތަށް ސަރުކާރުން ހަމަ ޖައްސައިފި އެވެ.

ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު: ރައީސް

ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރުގެ ގޮތުގައި ކަނޑައަޅައިފި ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

''މީމު މަސް ބަނދަރު މަޝްރޫއު''ގެ ބޮޑު ބައެއްގެ މަސައްކަތް ނިމިފައި އޮތް ނަމަވެސް މިސަރުކާރާއެކު ހުރިހާ މަސައްކަތެއް ވަނީ ހުއްޓިފައި

''މީމު މަސް ބަނދަރު މަޝްރޫއު''ގެ ބޮޑު ބައެއްގެ މަސައްކަތް ނިމިފައި އޮތް ނަމަވެސް މިސަރުކާރާއެކު ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ކަމަށް މުލަކު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވީއައިއޭ އިން ބީއެމްއެލްގެ ފައިސާ އެޅި ސޫޓް ކޭހެއް ވަގަށް ގެންގޮސްފައި ވަނިކޮށް މޫނު ނިވާކޮށްގެން ހުރި މީހަކު ހޯރަފުށީ އެއަރޕޯޓު ފަޅާލައިގެން ވެސް ގެންދިޔައީ ބީއެމްއެލް ގެ ދެ ޕާރުސަލް

އާދިއްތަ ދުވަހުގެ ފަތިހު ހޯރަފުށީ އެއަރޕޯޓް ފަޅާލައިގެން ގެންދިޔައީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ ޕާރުސަލް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް މުއިއްޒުގެ ސިޔާސަތުތައް ދަނީ ބަދަލުވަމުން: އަހުމަދު އީސާ

ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ބަދަލުވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…