Live 3,439 stories Updated Dec 27, 2025
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

ވަކި ގަވާއިދަކުން ހިންގަންޖެހޭ ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކްރިމިނަލް ކޯޓުން އެމީހާ މިނިވަން ކޮށްފި އެވެ.

އެންޓި-ސްކޭމް ސެންޓަރު އުފެއްދުމާ ހަމައަށް 6،000ށް ވުރެ ގިނަ ރައްޔިތުން ސްކޭމް ތަކުގައި ޖެހި، 110 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ގެއްލިފައިވޭ: ފުލުހުން

އެންޓި-ސްކޭމް ސެންޓަރު އުފެއްދުމާ ހަމައަށް 6،000ށް ވުރެ ގިނަ ރައްޔިތުން ސްކޭމް ތަކުގައި ޖެހި، 110 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ)، ކޯޓަށް ހާޒިރުކުރުމުގެ ބޭނުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

ކޭ-ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރު ނުވުމުން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އޭނާ ހޯދަން ފަށައިފި އެވެ.

އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް ކުޑަކޮށްފި

ދައުލަތުގެ ބަޖެޓުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް 15،000 ރުފިޔާ އާއި ހަމައަށް ދެވޭނެހެން ބުރާސްފަތި ދުވަހު ގަވާއިދަށް ގެނައި އިސްލާހު 24 ގަޑި އިރު ތެރޭ ބަދަލުކޮށް، އެންމެ ގިނައިން އެ އިނާޔަތް ދެވޭ އަދަދު 12،000 ރުފިޔާ އަށް ކުޑަކޮށްފި އެވެ.

މިއަދުގެ ހާލަތަކީ އަސާސީ ބޭސް ހޯދަން ބޭނުންވާ މީހާ ވެސް މެންބަރު ކައިރިއަށް ގޮސް ސަލާން ޖަހަން ޖެހުން: މާރިޔާ

މިއަދު ގައުމުގެ ހާލަތު ގޯސްވެފައިވާ މިންވަރަކީ އެންމެ އަސާސީ ބޭސް ހޯދަން ވެސް ރައްޔިތުންގެ މަޖިލިސް މެންބަރުން ކައިރިއަށް ދާން ޖެހުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސުނާމީ ކާރިސާ ގެ ހާލަތު ގައި ދިވެހީން ދެއްކި އެއްބައިވަންތަ ކަމާއި، އަނެކާ އަށް އަޅާލުމުގެ ރިވެތި މިސާލުން ހިތްވަރު ލިބިގަންނަން ޖެހޭ: ރައީސް ސޯލިހް

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ވަނަ ދުވަހު ފާހަގަކުރަމުންދާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ފޮނުއްވައިފި އެވެ.

ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް މުޢިއްޒު ޖަވާބުދާރިވާން ޖެހެނޭ: ނިޝާން

ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ސަރުކާރު ބޭނުންވުމުން ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން: އަހުމަދު އީސަ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅު ވުމުން ބޭނުންވާ ވަގުތެއްގައި ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ތުހުމަތު ކުރައްވައިފި އެވެ.

Loading fresh headlines…