Live 4,759 stories Updated Aug 13, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ލަސްވާތީ އެޗްޑީސީގެ އެމްޑީއަށް މެންބަރު ކުޑޫގެ ސުވާލުތަކެއް!

ހުޅުމާލޭ ފޭސް 1 ގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރަށް ސިޓީއެއް ފޮނުއްވައިފި …

ރާއްޖެ އަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ތެޔޮ ގަތުމަށް ދަތިވެ، ބޭރުގެ މާލީ އިދާރާތަކުން އެތައް މިލިއަން ޑޮލަރުގެ ކުއްލި ލޯނު ހޯދަން މަޖުބޫރުވެއްޖެ

ދިވެހިރާއްޖެއަށް އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ތެޔޮ ގަތުމަށް ދަތިވުމުގެ ސަބަބުން ބޭރުގެ މާލީ އިދާރާތަކުން ކުއްލި އެހީގެ ލޯނު ހޯދަން މަޖުބޫރުވެއްޖެ އެވެ.

ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް އަތުލެވޭ ބިލާ ދެކޮޅަށް އެހެން ކައުންސިލްތަކާ ގުޅިގެން އިހްތިޖާޖު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާ ދެކޮޅަށް، އެހެން ކައުންސި…

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، އަލިވާނެ ކަމަށް ލަފާކުރެވެނީ ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން!

ރާއްޖެ އަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި

10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕަރސަން މުހައްމަދު ނަޝީދު، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިން އެދިވަޑައިގަންނަވައިފި އެވެ.

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލުކޮށްފައިވާ ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކަނީ، ސަމާލުވޭ!

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލުކޮށްފައިވާ ބެޗެއް ރާއްޖެ އެތެރެކޮށްފައިވާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ރާއްޖެ އަށް ގިނަ ރޮނގުތަކުން އެހީވެދެއްވި އަދި ރާއްޖެ އަށް ޒިޔާރަތްކުރެއްވި ފުރަތަމަ ޗައިނާގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ އަވަހާރަވެއްޖެ

ޗައިނާގެ އިގްތިސާދަށް އައި އާދަޔާޚިލާފު ކުރިއެރުމުގެ މޭސްތިރިޔާ، އަދި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ، އުމުރުފުޅުން 97 އަހަރުގައި ބުދަ ދުވަހު އަވަހާރަވެއްޖެ އެވެ.

2025 ވަނަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ނިންމާނެ ކަމަށް ސަރުކާރުން ބުނި މ. މުލަކު އެފްއެސްއެމް ފިއުލް ޝެޑްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާނެ ކަމަށް ސަރުކާރުން ބުނި މ. މުލަކު އެފްއެސްއެމް ފިއުލް ޝެޑްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން ހާމަވެއްޖެ އެވެ.

މިސަރުކާރުގައި މިހާތަނަށް ގިނަ އަދަދަކަށް ސީޕީންނާއި ވަޒީރުން ބަދަލުކޮށްފައިވޭ، މިކަމުން އެކަނިވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަން ހާމަވޭ: ފައިސަލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިހާތަނަށް ގިނަ އަދަދަކަށް ޕޮލިސް ކޮމިޝަނަރުން (ސީޕީ) އިންނާއި ވަޒީރުން ބަދަލުކޮށްފައިވާ ކަމަށާއި، މިކަމުން އެކަނި ވެސް މި ސަރުކާރުގައި ބޮޑެތި މައްސަލަތަކެއް އުޅޭކަން ހާމަވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝުން ރާއްޖެއަށް އިތުރު މަސައްކަތްތެރިން ގެނައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިއްޖެ

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ދިވެހި ސަރުކާރުގެ ކިބައިން ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ފޮރިން އެފެއާޒް އެޑްވައިޒަރު ހުމާޔޫން ކަބީރު އެދިވަޑައިގެންފި އެވެ.

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ބިލު ބަލައިގަނެ ކޮމިޓީ އަށް

ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، ރިސޯޓުތަކުން މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފި އެވެ.

Loading fresh headlines…