Live 6,033 stories Updated May 17, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ރާއްޖެ އަށް އަތުވެއްޖެ

ވ. އަތޮޅުގައި ސްކޫބާ ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރުމަށް، ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން ރާއްޖެ އަތުވެއްޖެ އެވެ.

ޔޫތު އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް: ޕްރިންސިޕަލުންނާ ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދީފި

އިންޓަނޭޝަނަލް ގްލޯބަލް ނެޓްވޯކުން އިންތިޒާމްކޮށްގެން 2026 ވަނަ އަހަރުގެ އޭޝިއާ ޔޫތު އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް ގެ ތެރެއިން ޕްރިންސިޕަލުންނަށް ޚާއްސަ އިވެންޓެއް ބާއްވައިފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން މަތީ ތައުލީމުގެ 30 ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލަރޝިޕްތަކާއި ޚާއްސަ ސްކޮލަރޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލައިފި

އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބޭރު ކޮށްލައިފި އެވެ.

ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލާފައިވާތީ، ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ހުސައިން ފިޔާޒު މޫސާގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ދަރަނީގެ މައްސަލަ ހައްލު ނުކުރެވޭ ނަމަ ރާއްޖޭގެ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް: ކުރީގެ ރައީސް ނަޝީދު

ދިވެހިރާއްޖޭގައި ދަރަނީގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، މި މައްސަލަ ހައްލު ނުކުރެވޭ ނަމަ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެބޯލާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި، މިނިސްޓްރީން ބުނީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އާއި ޔުގެންޑާގައި ފެތުރެމުންދާ އިބޯލާ ބައްޔަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭން ޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާތީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް ހެލެތް މިނިސްޓްރީން …

ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ

އައިޝާ ޑޮކިއުމެންޓްރީގެ މައްސަލައާ ގުޅިގެން އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޤަޒުފުގެ ކުށުގެ ދައުވާގެ ޝަރީއަތްތަކުގައި ބައިވެރިވެ އޮބްޒަރވް ކުރުމުގެ ފުރުސަތު ދިނުމަށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން…

ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައި، ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު އާއި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ފަރާތުން ހަ މެމްބަރުންގެ މައްޗަށް ހިމެނޭ ކޮމެޓީ އެއް އެކުލަވާލައްވައިފި އެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކޮށް، ޑަބްލިއުޑީސީ މެމްބަރުން އިޤުރާރުގައި ސޮއިކޮށްފި

ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފިއެވެ.

Loading fresh headlines…