Live 4,822 stories Updated Mar 6, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރާއްޖޭގައި ޝީޝާ މަނާކުރަނީ

ރާއްޖޭގައި ޝީޝާ މަނާކުރުމާއެކު، ހަކުރުން ޓެކްސް ނެގުމުގެ އިތުރުން އެއަށް ދޭ ސަބްސިޑީ ކަނޑާލުމުގެ މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ހާމަކުރައްވައިފި އެވެ.

މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމް މިއަހަރު ހުޅުވަނީ

މާލޭގައި އަލަށް ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމްގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން

ދަރިފުޅު ދިފާއުކުރަން ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވުނު ފަރުހާދު ފިކުރީގެ މައްޗަށް އޮތް ތުހުމަތު ސާބިތު ނުވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި

ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުން އަދި ކަސްޓަމްސް ގުޅިގެން ކުރި މަސައްކަތުގެ ތެރެއިން 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް ފުރަތަމަ ވިދާޅުވީ ކައުންސިލްތަކުން އެއްބާރުލުން ދޭ ކަމަށް، ފަހުން ވިދާޅުވީ އެއްބާރުލުން ނުދޭ ކަމަށް ރައީސް ވިދާޅުވެފައި އޮތިއްޔާ އެ ވާނީ ނުދޭ ކަމަށް!

ސަރުކާރުގެ ވިސްނުމާ ދެކޮޅު ލޯކަލް ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ކައުންސިލްތަކުގެ އެއްބާރުމާއެކު ވަރަށް ގިނަ މަސައްކަތް ކުރާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް …

އަކްރަމް އާއި ވަހީދު ވީޑިއޯ ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ކޯފާ އިސްކުރައްވައި، ޒާތީވެވަޑައިގެން އިންޒާރު ދެއްވައިފި

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ނެގި ކަމުގެ ތުހުމަތުކޮށް އެމްޑީޕީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދުގެ ވީޑިއޯ އާއްމު ކުރެއްވީ އެ މައްސަލަ ތަހުގީގުކޮށް އ…

ބިދޭސީއަކު މަރާލުން: ޤިސާސް ހިފަން ބޭނުންނުވާކަމަށް 5 އަހަރުކުރިން ވާރިސުން ބުނެފައިވީނަމަވެސް، ދިފާއުން އެދެނީ އަލުން ވާރިސުންގެ ބަސް ނަގަން!

މަސް ދޯންޏެއްގައި މާރާމާރީ ހިންގާ ބިދޭސީއަކު މަރާލި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓަރ ވިދާޅުވީ އިންސުލިން ނުލިބޭނަމަ ގުޅޭނެ ނިޒާމެއް އެބައޮތް ކަމަށް، އަދި ގުޅައިގެން ރިޕޯޓު ކުރުމަށް!

ވަކި ބާވަތެއްގެ އިންސުލިން އެއް ނުލިބިގެން ރަސްމީކޮށް އެ ކަންބޮޑުވުން މިނިސްޓްރީއަށް ހުށަހެޅިފައި ނުވާ ކަމަށާއި، އެފަދަ ދަތިކަމެއް އޮތްނަމަ ގުޅައިގެން ރިޕޯޓު ކުރުމަށް އެދޭކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އިންސުލިންއެއް

110 މީހުންގެ އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި އަލް އަބްރާރު ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

އަލް އަބްރާރް ހައްޖު އަދި އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި 110 މީހުންގެ ދަތުރު ފަހުވަގުތު ކެންސަލް ކުރި މައްސަލައިގައި އެ ކުންފުނީގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ކުރީގެ ރައީސް ޑޮކްޓަރު މުޙައްމަދު ވަޙީދު ޙަސަންގެ ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު އަަންގަވާފައި ނުވާ ކަމަށާއި، ފުލުހުންވެސް އެކަން ނުބަލާކަން ހާމަވެއްޖެ އެވެ.

Loading fresh headlines…