Live 6,035 stories Updated May 6, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ

އޮންލައިން ނޫސް "އަދަދު" އިން ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އައިޝަތު އީޝާ އަޝްރަފު ބުދަ ދުވަހު ވެސް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި، މައިމޫން ފުލުހަށް ހާޒިރުވާން އަންގައިފި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި މުޒާހަރާއެއްގައި އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު، ފުލުހެއްގެ ގައިގައި ޖަހައި، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި، ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވައ…

ރައީސް އޮފީހުން އާރްޓީއައި ޤާނޫނާ ޚިލާފުވުމުން އޭޖީއަށް ގޯސްވީ އާރްޓީއައި ހުށަހަޅާ ފަރާތްތައް، ވިދާޅުވީ އިދާރާތަކުގެ ވަގުތު ބޭކާރުކުރާކަމަށް!

ރައީސް އޮފީހުން ޤާނޫނާ ޚިލާފުވެފައިވާކަމަށާއި، ފިޔަވަޅު އަޅާނެކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިންވެސް ބުނެފައިވާއިރު، އާރްޓީއައި. ހުށަހަޅާ ފަރާތްތައް ގޯސްކުރައްވައި ދައުލަތުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ވާހަކަ ދައްކަވައިފިއެވެ.

2 އަހަރު ވީއިރުވެސް ކާބޯތަކެއްޗާ ގުޅޭ ގަވާއިދުތައް ނުހެދުނީ ބަޖެޓު ނެތުމުން، ލަސްވާކަން ގަބޫލުކުރަން: މިނިސްޓްރީ

23 އޮގަސްޓް 2024 ވަނަ އަހަރު އަމަލު ކުރަން ފަށާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކުގެ ތެރެއިން މިހާތަނަށް ގެޒެޓް ކުރެވުނީ އެންމެ 2 ގަވާއިދު ކަމަށާ ގަވާއިދުތައް ހެދުން ލަސްވީ ބަޖެޓުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް އެ ތަނުގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެދިއްޖެ އެވެ.

އިންޑިއަން އޯޝަން ޑަޔަލޮގް ގައި ބައިވެރި ވުމަށް ނަޝީދު އިންޑިއާ އަށް

އިންޑިއާގެ ނިއުދިއްލީގައި ބާއްވާ 10 ވަނަ އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގެން މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާ ރާއްޖެއަށް ބޭނުންތެރި މުހިއްމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލިންކެއް މެދުވެރިކޮށް ބައިލައްކަ ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ވައިބަރއިން ފޮނުވި ލިންކެއް މެދުވެރިކޮށް ބެންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ސިޔާސީ މަސްރަހަށް ''ސިޔާސީ އިރު'' ވަނީ އަރާފައި، އެއާއެކު މިހާރު މުޅި ގައުމުން ދަނީ ވާދަވެރިކަން ފެންނަމުން: ވައްޑެ

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް ސިޔާސީ އިރު އަރާފައިވާ ކަމަށާއި، ވާދަވެރިކަން މުޅި ގައުމުން ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަގު ވައްޓާލަމުން ދަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ، ޕީއެންސީ އިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ބޭސްފިހާރަތައް ރަޖިސްޓްރީކުރާއިރު ބަލަންޖެހޭ މިންވަރަށް އެމްއެފްޑީއޭއަކުން ނުބަލާ، ބޭހުގެ އަގު ކޮންޓްރޯލް ކުރާނެ ނިޒާމެއްވެސް ނެތް: އާސަންދަ

ބޭސްފިހާރަތައް ރަޖިސްޓްރީކުރާއިރު ބަލަންޖެހޭ މިންވަރަށް ބެލިފައި ނުހުންނަކަން ފާހަގަ ކުރެވޭކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

އޮންލައިން ނޫސް "އަދަދު" އިން ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އައިޝަތު އީޝާ އަޝްރަފްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭން ބޭނުންވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު 70 އިންސައްތަ މަސައްކަތް ނިމިފައިވާ ރ. ރަސްމާދޫ ފެން ޕްލާންޓްގެ މަސައްކަތް ހުއްޓި، އެ ތަން ވީރާނާވާން ދޫކޮށްލާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…