Live 6,035 stories Updated May 5, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށްޓަކައި ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް މަޖިލީހުން ނިންމައިފި އެވެ.

ރައީސްގެ ދަތުރުފުޅާ ގުޅުވައި ލަންކާގައި ތިބި ދިވެހިންނަށް ބިރު ދެއްކުން: ޚާރިޖީ ވުޒާރާއިން ބުނީ އެކަހަލަ އެއްވެސް މައުލޫމާތެއް ލިބިފައި ނެތްކަމަށް!

ރައީސް ޑރ މުޙައްމަދު މުއިއްޒު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ލަންކާގައި ދިރިއުޅޭ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް އަމާޒުކޮށް ފިޔަވަޅު އަޅަން ފަށާފައިވާއިރު، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ޔޫނިއަންތަކުން މުއްތޮލިބަށް: "ބޮޑެތި ވާހަކަ ނުދައްކަވާ! ވައުދުވީ ރައީސް މުއިއްޒު، މުއްތޮލިބެއް ނޫން"

ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންނެވީ މިއަދުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ކަމަށާއި، އެހެންކަމުން އެ ވައުދުތައް ނުފުއްދުމަށް ވަޒީރު އަބްދުﷲ މުއްތޮލިބަށް ބަހަނާއެއް ނުދެއްކޭނެކަމަށް ހިޔާ ޔޫނިއަންއިން ބުނެފިއެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބިރުދައްކައި ސުވާލުކުރަމުންދާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުހަނު ބޮޑު ކަންބޮޑުވުން ފާޅު…

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: ވަހީދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މައްޗަށް ދައުވާކޮށް އާދިއްތަ ދުވަހު ސިވިލް ކޯތަށް ހުށަހެޅި މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ތަރުޖ…

ދޫނިދޫގައި ބަންދު މީހުން އަތާ ފައިގައި ކްލިޕް ބިޑި އަޅުވާ ކުނަލެއް މަތީގައި މެންދުރު އަވީގައި ބާއްވާ: އެޗްއާރުސީއެމް

ދޫނިދޫގައި ބަންދު މީހުން އަތާ ފައިގައި ކްލިޕް ބިޑި އަޅުވާ ކުނަލެއް މަތީގައި މެންދުރު އަވީގައި ބޭއްވުމުގެ އިތުރުން ލާއިންސާނީ އެތައް އަމަލެއް ހިންގާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.

މަޑުއްވަރީ އިން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު، ބިންހިއްކުމުގެ މަސައްކަތް ކުރަމުންދިޔަ އެކްސްކަވޭޓަރު ވަރުބަލިވެގެން އެއްގަމަށް އެރި ގޮތަށް މަސައްކަތް ހުއްޓިފައި: މަޑުއްވަރީ އިންތިހާބީ ރައީސް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރ. މަޑުއްވަރީގެ ބިން ހިއްކުމަށް ފެށި މަސައްކަތަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރި ކަމެއް ކަމަށާއި، އިންތިހާބުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ އިންތިހާބީ ރައީސް ހުސެއިން ޝި…

ޕާޓީގެ ތެރެއިން ނިންމެން ހުންނަ ކަންކަން، ކޯޓު މެދުވެރިކޮށް ނިންމަން އުޅުމަކީ ހިތާމަ ކުރާ ކަމެއް: މީކާއީލް

އެމްޑީޕީގެ އެތެރޭގެ މަސްލަހަތާ ގުޅޭ ކަންކަމުގައި ޕާޓީގެ ތެރެއިން ވާހަކަދައްކައިގެން ހައްލު ހޯދުމުގެ ބަދަލުގައި، ބައެއް ފަރާތްތަކުން ކޯޓު މެދުވެރިކޮށް މައްސަލަތައް ނިންމަން އުޅުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަ…

އަދަދު ނޫހުގެ ލެޕްޓޮޕްތަކާއި ހާޑްތަކުގެ ފާސްވަރޑް ފުލުހުންނަށް ދޭން ކޯޓުން އަމުރުކޮށްފި، އަދަދުން ނިންމީ ނުދޭން

އަދަދު ނޫހުގެ ސޯޝަލް މީޑިއާގައި ޝާއިއުކުރި އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް، އެ ނޫހުގެ އޮފީހުން ގެންދިޔަ ލެޕްޓޮޕްތަކާއި ހާޑް ޑްރައިވްތަކުގެ ފާސްވަރޑް ފުލުހުންނަށް ދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެންސްޕާގެ ސީއީއޯގެ މަގާމަށް ޝިރުނާ އައްޔަންކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު ޝިރުނާ ހޯމަ ދުވަހު އައްޔަންކުރައްވައިފި އެވެ.

މިދިޔަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ވިދާޅެއް ނުވެވުނު.

މިދިޔަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބަށް ވިދާޅު ނުވެވި ހިލޭ އެހީގެ ސަބަބުން އެކަން ނުވެގެން އުޅޭ ކަމަށް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…