Live 6,035 stories Updated May 4, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މީދޫ ވޯޓު މައްސަލަ: ވޯޓު ކަރުދާހުގައި ދެފަހަރު ފާހަގަ ޖަހާފައިވަނިކޮށް އެއީ ސައްޙަ ވޯޓެއްކަމަށް ބަލައިފިނަމަ އިންތިޚާބީ ނިޒާމަށް ލޮޅުން އަރާނެ!

ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަބްދުއްރަޙުމާނުގެ މަރު: ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ޑީއެންއޭ ރިޕޯޓު ހޯދަން ދިފާއުން އެދޭ

އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް އަނިޔާވެރި ގޮތަކަށް މަރާލާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ފައިނޭންސްގެ ކަންކަމެއް ނޭނގެ، ރަސްމާލެ މަޝްރޫއު އެއީ ކުރަން ޖެހޭ ކަމެއް، ވީހާވެސް އަވަހަށް ހިއްކައި އާބާދު ކުރަން ޖެހޭ: މުއްތަލިބް

‏ރަސްމާލޭގެ މަޝްރޫއަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެތަން ނުހިއްކާ ބޯހިޔާވަހިކަން ގާއިމް ކުރެވެން ނެތް ކަމަށް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލައިފި

ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކާޒީ ނިޒާމު ހިންގުމަށްޓަކައި ބޭނުންވާ އަތޮޅު ކައުންސިލްތައް އުވާ ނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިނުގަތުމަށް ނިންމައި، އެ ބިލު މަޖިލީހުން ބޭރު ކޮށްލައިފި އެވެ.

މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ވިދާ ގުގުރާތީ ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ޕަބްލިކް ސަރވިސް މީޑިއާ އިން ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކޮށް، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދީފައި ނުވާތީ ރައްޔިތުން ގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިނުގަތުމަށް ނިންމައި، ގަރާރު ބޭރުކޮށްލައިފި އެވެ.

ރާއްޖޭގައި މިހާރު މިއޮތީ ދެއިރު ދެދަޅައަށް އުސޫލުތަކާއި، ގަވާއިދުތައް ބަދަލުކުރާ ސަރުކާރެއް، އެއް އަމާޒަކަށް ކުރިއަށް ގެންދާ ސިޔާސަތެއް ނެތް: ޑރ.ޑީޑީ

ދިވެހިރާއްޖޭގައި މިހާރު މިއޮތީ ދެއިރު ދެދަޅައަށް އުސޫލުތަކާއި، ގަވާއިދުތައް ބަދަލުކުރާ ސަރުކާރެއް ކަމަށާއި، އެއް އަމާޒަކަށް ކުރިއަށް ގެންދާ ސިޔާސަތެއް މިސަރުކާރުގެ ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެ އެވެ.

ކުދިން ތިބީ ނަފްސާނީވެ ބިރުގެންފައި: ރައީސް ވަޑައިގަންނަވާ ތަނަށްގޮސް ހަޅުތާލު ކުރާކަށް ނެތިން!

ރައީސް ޑރ މުޙައްމަދު މުއިއްޒު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި ސަގާފީ މަރުކަޒު ނުވަތަ ސޯސަންވިލާ ހިންގުމުގައި ހުރި ބައެއް މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކާ ފަރާތްތަކާއި، އެތަނުގައި ކިޔަވައިދޭ ގޮތާއި ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން ޝަކ…

ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ދަނީ ފަޅުވަމުން، މިއީ ރައްޔިތުންގެ އަތުން މިގައުމު ގެއްލިގެންދާނެ ކަމެއް: ނަޝީދު

ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ފަޅުވަމުންދާ ކަމަށާއި، މިއީ ރައްޔިތުންގެ އަތުން މިގައުމު ގެއްލިގެންދާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

ދިވެހިރާއްޖޭގައި ކޮންމެ 5 އަހަރަކުން ރައްޔިތުންގެ ހައްގުތައް ހަނި ކުރުމަށް މަސައްކަތް ކުރާ މަންޒަރު ފެންނާތީ މި ގައުމުގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޕްރައިވެޓު މީޑިއާތަކުންވެސް ސަރުކާރުގެ ޚަބަރުތައް ގެންނަންޖެހޭނެ، ހުރިހާ މީޑިއާއެއް ގޮސް ދަންވަންދެން މުޒާހަރާ ކަވަރު ކުރާކަށް ނުޖެހޭ: އައިބީ

މީޑިއާތަކުން ހަމަހަމަ އުސޫލު ގެންގުޅެން ޖެހޭނަމަ ދައުލަތުގެ މީޑިއާއެކޭ އެއްގޮތަށް ޕްރައިވެޓު މީޑިއާތަކުންވެސް އެ އުސޫލު ގެންގުޅެން ޖެހޭނެ ކަމަށާއި، ހުރިހާ މީޑިއާއަކުން ގޮސް މުޒާހަރާތައް ކަވަރު ކުރާކަށް ނުޖެހޭނެކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

Loading fresh headlines…