އަދަދު ނޫހުގެ މައްސަލަ ބަލަން ފުލުހުންނަށް އެންގީ ޕީޖީ: މުންދު
އޮންލައިން ނޫސް "އަދަދު" ގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފެށީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އަންގައިގެންކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.