Live 6,041 stories Updated Apr 24, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މުޒާހަރާގެ އަންހެން ބައިވެރިއަކަށް ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތުހުމަތުކޮށްފި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާގައި ބައިވެރިވި އަންހެނަކަށް ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ އާއި ކުރިމަތިވި ކަމަށް ތުހުމަތުކޮށްފި އެވެ.

ރައީސް މުއިއްޒު އަތޮޅުތަކުގައި އަޅާ 40،000 ހައުސިންގ ޔުނިޓުގެ ވައުދުފުޅެއް ހައުސިންގ މިނިސްޓަރު ހަނދާނެއް ނެތް

މާލޭ ފިޔަވައި އެހެން ރަށްތަކުގައި 40،000 ހައުސިން ޔުނިޓް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވި ނަމަވެސް އެ ވައުދުފުޅު ހައުސިންގ މިނިސްޓަރ އަބްދުﷲ މުއްތަލިބަށް އެނގިވަޑައި ނުގެން، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ވާހަކަ ދައްކަވައިފި އެވެ.

އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

ހއ. ހޯރަފުށީގައި 200 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓިފައިވާކަން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ހާމަކުރައްވައިފިއެވެ. އެޕްރީލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ދެތި…

އޭޑީއެޗްޑީގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުންޏާއި އެފްޑީއޭ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ

'އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސޯޑަރ'، (އޭޑީއެޗްޑީ)ގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އާއި 'މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ އެވެ.

މާރުކޭޓް ހުސް ނުކުރެވުނީ މަގު ހެދުމުގެ ޕްލޭން ކުއްލިއަކަށް ބަދަލުކޮށް 2 ހަފްތާ ތެރޭ ތަން ހުސްކުރަން އެންގުމުން، ރައީސް ހައްދަވަނީ އިތުރުފުޅެއް: އާޒިމް

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތެރެއިން މާރުކޭޓު ސަރަހައްދު ހުސްނުކުރެވިގެން އުޅެނީ މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ނުދީގެން ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވަނީ ހަގީގަތާ ޚިލާފު ވާހަކަފުޅުތަކެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!

ރަމަޟާން މަހުގެ ކަރަންޓު ބިލަށް ދިން ބޮޑު ޑިސްކައުންޓާއެކު، ފަހުން ލިބުނު ބިލު ގަބޫލުނުކުރެވޭ މިންވަރަށް ބޮޑުވެފައިވާތީ އާއްމު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް

ރައްޔިތުންގެ މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންކުރާ ޓޫލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޔުމްނުގެ މައްސަލައިގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅެއް އަޅާފައިވޭތޯ ނުވަތަ ނޫންތޯ މިނިސްޓަރަށް ވިދާޅުވެ ނުދެއްވުނު!

ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އިހުމާލުވި ފުލުހުންނާމެދު ފިޔަވަޅެއް އަޅާފައިވާކަން ނުވަތަ ނޫންކަން ދާޚިލީ ވަޒީރު އަލީ އިޙުސާނަށް ވިދާޅުވެ ނުދެއްވުނެވެ.

ގެދޮރުވެރިޔާ ޓަވަރުތައް ކައިރީގައި ޖަމާކުރާ ކުނިފުނިތައް ނެގުމަކީ އެފްޑީސީން ކުރަން ޖެހޭ މަސައްކަތެއް ނޫން، ނަމަވެސް ކޮންމެ ދެހަފްތާއިން އެއް ހަފްތާއިން މިދަނީ ކުނި ނަގަމުން: ހަމްދާން

ގެދޮރުވެރިޔާ ޓަވަރުތައް ކައިރީގައި ޖަމާކުރާ ބޮޑެތި ކުނިފުނިތައް ނެގުމަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޒިންމާއެއް ނޫން ކަމަށާއި، ނަމަވެސް ދެ ހަފްތާއިން އެއް ހަފްތާ ކުނި ނެގުމުގެ މަސައްކަތް ކުރާ ކަމަށް އެ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިންގ އެއް ތަޢާރަފުކޮށްފި.

ޑޮލަރުން އާމްދަނީ ލިބޭ، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ހޯމް ފައިނޭންސިންގ ފެސިލިޓީއެއް ތަޢާރަފުކޮށްފި އެވެ.

ގެދޮރުވެރިޔާ ހުރިހާ ޓަވަރަކަށް ކޭބަލް އާއި އިންޓަނެޓް ނުލިބޭ މައްސަލަ: ކުރިއަށް ތިން މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ލިބޭނެ އެފްޑީސީން ބުނޭ

ގެދޮރުވެރިޔާގެ ހުރިހާ ޓަވަރަކަށް ކޭބަލްގެ ޚިދުމަތާއި އިންޓަނެޓުގެ ޚިދުމަތް ކުރިއަށް އޮތް 3 މަހަށް ވުރެ އަވަހަށް ލިބޭނެ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…