Live 4,825 stories Updated Jan 27, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

"ޝަހީދު ޢަލީ" ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ދިން މުއިއްޒު ގެ ފޮޓޯ ޖެހި ލިޔުމަށް އެތައް ބައެއް ގެ ފާޑުކިޔުން!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލު ކުރި، "ޝަހީދު ޢަލީ" ސްކޫލް ގެ މަސައްކަތް ނިންމާ، އެ މަޝްރޫޢު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ފޮޓޯ ޖެހި ލިޔުމެއް ދިނުމުން، އެކަމަށް އެތައް ބައެއް ގެ ފާޑުކިޔުނ…

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތައް ގެއްލުންވާ ގޮތަށް ހުރި އެއްބަސްވުންތައް އިސްލާހު ކޮށް ނިމިފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ ބޮޑު އިތުރުފުޅެއްކަން ފަޅާ އަރައިފި

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތައް ގެއްލުންވާ ގޮތަށް ހުރި އެއްބަސްވުންތައް އިސްލާހު ކޮށް ނިމިފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ ބޮޑު އިތުރުފުޅެއްކަން ފަޅާ އަރައިފި އެވެ.

ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށި އިރު ރާއްޖޭގެ އަތޮޅުތަކުގެ ބައެއް ސްކޫލްތަކަށް ފޮތްތައް ހަމަ ނުވާ ކަން ހާމަ ވެއްޖެ އެވެ.

ސިޔާސީ މަންފާ ހޯދުމަށް ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓުވާ ދިނުމަށް އެދި އޭސީސީ އަށް މައްސަލަ އެއް ހުށަހަޅައިފި

ސިޔާސީ މަންފާ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓުވާ ދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.

ތައުލީމާ ބެހޭ ވަޒީރު ފަޚުރުވެރިކަމާ އެކު ފާހަގަ ކުރައްވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދަރިވަރުން އައިސް މާލެ ސަރަހައްދަށް ޖަމާވެއްޖެ ކަމަށް

ހުޅުމާލޭ ގައި އަލަށް ހުޅުވި ޝަހީދު އަލީ ސްކޫލް ގެ ދަރިވަރުންގެ 77 އިން ސައްތަ އަކީ ރާއްޖޭގެ އަތޮޅުތައް ތަމްސީލު ކުރާ ދަރިވަރުންކަން ފަޚުރުވެރިކަމާ އެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލު ޝަފީއު ފާހަގަ ކުރައްވައިފި އެވެ.

އޮސްޓްރޭލިއާގެ ހުރިހާ ސްޓޭޓެއްގައި ތައުލީމު އުގެނުމުގެ ހައްގު ގާނޫނީގޮތުން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ރާއްޖެ އިން ބުނެފި

އޮސްޓްރޭލިއާގެ ހުރިހާ ސްޓޭޓެއްގައި ތައުލީމު އުގެނުމުގެ ހައްގު ގާނޫނީގޮތުން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރަން ރާއްޖެ އިން އޮސްޓްރޭލިއާ އަށް ގޮވާލައިފި އެވެ.

ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރި، ސްކޫލެއް ހުޅުވައި އެއީ ރައީސް މުއިއްޒުގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއްކަން ދައްކާ ހަގީގަތް އޮޅުވާލަން ދައުލަތުގެ މީޑިޔާ އިން މަސައްކަތް ކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރި، ޝަހީދު ޢަލީ ސްކޫލް ހުޅުވައި އެއީ ރައީސް މުއިއްޒުގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއްކަން ދައްކާ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން ދައުލަތުގެ މީޑިޔާ އިން މަސައްކަތް ކޮށްފި އެވެ.

ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ މޭޔަރ ކެނޑިޑޭޓް ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލު އަށް ތައުރީފްކުރަން އުޅުއްވައިގެން، ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާ ދިން ތާރީހު، ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަށް އޮޅިވަޑައިގަންނަވައިފި އެވެ.

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މިހާރު ގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި ކަމަށް ރައްޔިތުން ގެ މަޖިލީހުގެ އަލިފުށީ ދާއިރާ ގެ ކުރީ ގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިޚާބަށް މުއިއްޒު ނެރުއްވާ ކެންޑިޑޭޓުން ޕްރޮމޯޓު ކުރުމަށް މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯތީގެ ވާހަކަ ދައްކަވަން މުލީއާގޭ ގައި ބައްދަލުވުމެއް ބާއްވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެންނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ގައި މާލެ އިން ރައީސް މުއިއްޒު ނެރުއްވާ ކެންޑިޑޭޓުން ޕްރޮމޯޓު ކުރުމަށް މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯތީގެ ކަންތަކާ ބެހޭ އިވެންޓެއް މުލީއާގޭ ގައި ބާއްވައިފި އެވެ.

Loading fresh headlines…