Live 6,048 stories Updated Mar 25, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރައީސް ހެއްދެވީ ބޮޑު ދޮގެއް: ފީއަލީގެ ފެނަކަ އަށް އެކަނި މި ސަރުކާރުން 34 މުވައްޒަފުން ނެގި!

މި ސަރުކާރު ވެރިކަމަށް އައި ފަހުން، ފ. ފީއަލީ އިން ފެނަކަ އަށް ނަގާފައި ވަނީ އެންމެ 10 މުވައްޒަފުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހެއްދެވީ ބޮޑު ދޮގެއްކަން ހާމަވެއްޖެ އެވެ.

މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު

މި ވަގުތަކީ މީހުން ވަޒީފާ އަށް ނެގުމަށް އެހާ ރަނގަޅު ވަގުތެއް ނޫން ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން ހިންގުމަށްޓަކައި ދޭން ޖެހޭ ވަޒީފާތައް ދޭން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

ރައްޔިތުން ބޭނުންވަނީ އެ ސިޓީއެއްގެ ތަރައްޤީގެ ކަންކަމުގައި ރައްޔިތުންގެ ބަސްކަމަށާއި, އެ ސިޓީގައި މާލޭގައި އިންނަ ބޮޑު "ދޮގު ބޮނޑި" އެއްގެ ބަހެއް ރައްޔިތުން ބޭނުމެއް ނުވާކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

ދެ އިންތިހާބު އެއްކޮށްލައި މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރަން: މަލީހު

ދެ އިންތިހާބު އެއްކޮށްލައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރަން ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ވިދާޅުވެެފައިވަނިކޮށް ރައީސްގެ ބަސްފުޅާ ދެކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި

އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެފައިވަނިކޮށް، ރައީސްގެ ބަސްފުޅާ އިދިކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމާ މެދު އޮތް ނުތަނަވަސްކަމަކީ "ސިޔާސީ އޮއިވަރެއް" : މިނިސްޓަރު އާދަމް ޝަރީފް

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމާ މެދު އޮތް ނުތަނަވަސްކަމަކީ "ސިޔާސީ އޮއިވަރެއް" ކަމުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އޭޕްރީލް މަހުން ފެށިގެން ކުދިން ފޮސްޓަރ ކުރާ ފަރާތްތަކަށް ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ - މިނިސްޓަރު

އަންނަ އޭޕްރީލް މަހުން ފެށިގެން ތުއްތުކުދިން ފޮސްޓަރކުރާ ފަރާތްތަކަށް، އަންހެނުން ވިހެމުން ލިބޭ ފަދަ ޚާއްސަ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ރެފަރެންޑަމްއާ ގުޅޭ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނަގާ ރިފަރެންޑަމް ވޯޓާ ގުޅޭ ބިލު ތަސްދީޤު ކުރަން ޤާނޫނުގައި އޮތް މުއްދަތު ފާއިތުވެފައިވާތީ، އެ ބިލަކީ ބާތިލު ބިލެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރެފަރެންޑަމް ވޯޓުގެ ސުވާލު މިހާރު އޮތްގޮތުން އެ ޥޯޓު ނުނެގޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާ ފަށަނީ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުން ތާވަލުކޮށްފި އެވެ.

މުރައިދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތައް އެމްޓީސީސީން ކުރަމުން ދިޔަ ނަމަވެސް މިވަގުތު މަސައްކަތް ކުރަން ތިބީ 4 ބިދޭސީން: ކައުންސިލް

ހއ. މުރައިދޫ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް މިހާރު އެރަށުގައި މަސައްކަތް ކުރަމުންދަނީ އެމްޓީސީސީގެ އެންމެ 4 ބިދޭސީ މުވައްޒަފުން ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ.

Loading fresh headlines…