Live 4,835 stories Updated Jan 11, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟

ކައުންސިލު ގެ އިހުތިސާސް ގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއް ގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ކަމެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލު ގެނައި ނަމަވެސް ރަށްރަށުގެ މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ވިދާޅުވެ …

އައު ޕޭފްރޭމް ވަރކް: މުސާރައިގެ އޮނިގަނޑަށް އަލަށް ގެނައި ބަދަލާއި އެކު މުސާރަ ބޮޑު ކުރި ނަމަވެސް, އެ ކަމުގެ ފައިދާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަކަށް ނުލިބޭ

އައު ޕޭފްރޭމް ވަރކް އާއި ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ނޭޝަނަލް ޕޭކޮމިޝަން އަށް ސިޓި އެއް ފޮނުވައިފި އެވެ.

ބަނގުރާ މައްސަލައެއްގައި ފުލުހުން ސަފާރީ އަކަށް އެރުން: ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކުރޭ، ހައްޔަރުކުރި ލަންކާގެ ދެ މުވައްޒަފުން ކޯޓުން ދޫކޮށްލައިފި

ބަނގުރާ ބޭނުންކޮށް ގެންގުޅެ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ސަފާރީއަކަށް ފުލުހުން އަރައި، ސަފާރީގެ ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކޮށް، އެސަފާރީގައި މަސައްކަތް ކުރަމުންދިޔަ ސްރީލަންކާގެ ދެ މުވައްޒަފުން ހައްޔަރު ކުރި ނަމަވެސް ކްރިމިނަލް ކޯޓުން އެ ދެ މީހުން ދޫކޮށްލައިފި އެވެ.

ޕީއެންސީ އޮފީސް ހެދީ ހުއްދަ ނުނަގާ، ގޭގެ ވެރިފަރާތް ލައްކަ އަކަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މައި އޮފީހުގެ ގޮތުގައި ހ. ވެޔޮވިލާ ފަސް ބުރިއަށް އިމާރާތްކޮށްފައި ވަނީ އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ގޭގެ ވެރިފަރާތް އެއް ލައްކަ އަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ރާއްޖޭގައި މިހާތަނަށް އެޅި ހުރިހާ ފްލެޓެއް ދޫކުރުމުގައި އެންމެ އިސްދައުރެއް އަދާކުރީ ރައީސް މުއިއްޒު، އިންސާފުވެރި ނޫން ކަަމަށް ރައްޔިތުން ބުނޭ: މެންބަރު ޒިޔާދު

ދިވެހިރާއްޖޭގައި މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް އިންސާފުވެރިކޮށް ދޫކޮށްފައިނުވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ބޮޑު ސައްޕެއް ޖައްސަވާނެ: މެންބަރު އިބްރާހިމް

ރައީސް ޑރ.މުހައްމަދު މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް، ރައްޔިތުންގެ ގައިގަ ޖަހާނެ ސައްޕުގެ ބޮޑުވަރު އެނގޭތީ އިންތިހާއަށް ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ލަންކާ ސަރުކާރަށް އިންޒާރު ދެއްވުމަަށްފަހު، ރައީސް މުއިއްޒު ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފައްޓަވައިފި

ރާއްޖެ އިން ލަންކާ މީހުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލު މުރާޖާކުރަން ޖެހިދާނެކަމުގެ އިންޒާރު ދެއްވުމަށްފަހު، ރައީސް މުއިއްޒުގެ ފަރާތުން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު އެ ގައުމުގެ ސަރުކާރާ އިދިކޮޅު ލީޑަރެއް ކަމަށްވާ ނަމަލް ރާޖަޕަކްސަ އާ ބައްދަލު ކުރައްވައިފި އެވެ.…

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝިފާން އާއި އިކްރާމް ކުރިމަތިލައްވައިފި

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބުރާސްފަތި ދުވަހު ހަމަވި އިރު، އެ މަގާމަށް ކުރިމަތިލެއްވީ އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހް މުހައްމަދު ޝިފާން އާއި އިކްރާމް އަބްދުއްސައްތާރު ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނީ ފޮރިން ސާވިސް އަށް ދާއިރާގެ ތައުލީމު ހުރި މީހުން އައްޔަނު ކޮށްގެން: ފައްޔާޒް

ފޮރިން ސާވިސް އަށް އެ ދާއިރާގެ ތަމްރީނު ލިބިފައިވާ ފަރާތެއް ނޫނީ އައްޔަނު ނުކުރެވޭނެހެން ގާނޫނު ގައި ކަނޑައެޅުން މުހިއްމު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…