Live 4,835 stories Updated Jan 10, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކައުންސިލް ތަކަށް އަންނަން ވާނީ ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ބައެއް

ދިވެހިރާއްޖޭގައި މިހާރު ހުރިހާ ބާރެއް ވެރިކަން ކުރައްވަމުން ގެންދަވާ ރައީސް މުއިއްޒުގެ އަތްޕުޅުގައި އޮތަސް، ގާނޫނު ގައި ވާ ގޮތުން ދިވެހިރާއްޖޭގައި އޮންނަން ވާނީ 3 ބާރު ވަކިިވެފައިވާ ރިޔާސީ ނިޒާމެކެވެ. ވެރިކަން ކުރުމުގެ ބާރާއި، ގާނުނޫ ހެދުމުގެ ބާރާއި ޖުޑީޝިއަރީ ވާން ޖެހޭނީ، އެއް ބާރު އަނެއް ބާރުގެ މ…

އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއް، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ކަށަވަރުކުރާނަން: ޖެންޑަރ މިނިސްޓަރ

ވިސްނުން ބަހައްޓަންވީ އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަކީ އިންވެސްޓްމެންޓެއްގެ ގޮތުގައި ބެލުމަށް ކަމަށާއި، ފައިސާ ދެވެނީ ހައްގުވެރިންނަށް ކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ޝަހީބު އިބްރާހީމް އަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.

ޕީއެސްއެމްގެ އެމްޑީ އަށް ރައީސް އޮފީހުން އެލަވަންސް އެއް ދޭ ކަމުގެ އަޑު ގަދަވެ، ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ އަހުމަދު ޝަކީބު އަށް ރައީސް އޮފީހުން ޚާއްސަ އެލަވަންސް އެއް ދޭ ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.

އެކި ފަހަރު މަތިން ރިޕޯޓު ކޮށްގެން ވެސް ފިޔަވަޅެއް ނޭޅި، އޮޅުވާލައިގެން ބައްޕަގެ ނަމުގައި 1 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ބޭސް ނެގި!

އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި ބޭސް ނެގި ކަމުގެ ޝަކުވާ އާސަންދަ އަށް ހުށަހަޅާފައި ވީ ނަމަވެސް އާސަންދަ އިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓެއްގައި ބުނެފި އެވެ.

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކޮށްފައިވާ ތަޖުރިބާ ދަތުރުތަކަށް 338،006 ރުފިޔާ ހަރަދުކޮށްފައިވާ އިރު، މި ހަރަދަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝިއަންސީ އިތުރުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ދައުލަތުގެ އެންމެހާ އިދާރާތަކަށް މާލިއްޔަތާ ބެހޭ ސަރކިއުލަރ އިން އަންގާފައިވާ އެންގުމ…

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އުންމީދަކީ އެއްވެސް މީހަކު އެގޮތަށް އަމަލު ނުކުރުން ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ މަސައްކަތެއް ހިނގާނަމަ ޑޮލަރު ލިބެން ހުންނާނީ 25 ރުފިޔާގައި: ރައީސް ޔާމީން

އިގްތިސާދީ މަސައްކަތެއް ހިނގާނަމަ ޑޮލަރު ލިބެން ހުންނާނީ 25 ރުފިޔާގައި ކަމަށާއި، މިހާރު ޑޮލަރެއް 20 ރުފިޔާގައި ހުރީ ޑޮލަރުން ކުރާ މާބޮޑު ކަމެއް ގައުމުގައި ނުހިނގާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުއައްސަސާގެ ޒަމާން ދުއްވާލި ނާޒިމުގެ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި އެބަހުރި: ކުރީގެ ސީޕީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މޯލްޑިވްސް ޕޮލިސް ސާވިސް ގެ ޒަމާން ދުއްވާލައިފި ކަމަށާއި އޭނާ އާ ބެހޭ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި ހުރި ކަމަށް ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ އިސް ފުލުހަކު ބުނެފި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެ…

ރައީސް މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި، އެފަދަ ބޭފުޅަކަށް ގައުމެއް ނުހިންގޭނެ: ކައުންސިލް މެންބަރު ޔަޝްފާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި ކަމަށާއި، އެފަދަ ބޭފުޅަކަށް ގައުމު ނުހިންގޭނެ ކަމަށް ރ.ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…