Live 6,029 stories Updated Oct 14, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

13 އޮކްޓޯބަރު 2026 ގައި ރޮއިޓަރސް އިން ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ރާއްޖޭގެ މާލީވަޒީރު ހަސަން ޒަރީރު ރޮއިޓާރސްއަށް ދެއްވާފައިވާ ބަސްދީގަތުމަކަށް ހަވާލާދެއްވާ، ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މާލީއެހީއަށް އެދިފައިވާކަން ޔަޤީންކޮށްދީފައިވެ އެވެ. ބައިނަލްއަޤްވާމީ މާލީ އެހީ އަށް އެދި އާދޭސްކުރާ ހިސާ…

އޭސީސީ އަކީ ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާ ބައެއް، ޚަރަދުކުޑަކުރަން ކުރަންވީ ކަމަކީ މުއައްސަސާ އުވާލައި އެ ބޭފުޅުން ގެއަށް ފޮނުވާލުން: އައިކް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ދިވެހި ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާ މުއައްސަސާއެއް ކަމަށާއި، ޚަރަދު ކުޑަކުރަން ބޭނުން ނަމަ، އެ މުއައްސަސާގައި ތިބި ބޭފުޅުން ގެއަށް ފޮނުވާލަންވީ ކަމަށް އެމްޑީޕީގެ ވަކީލުންގެ ކޮމިޓީގެ މެންބަރު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ހުއްދަ ނޫން ގޮތުގައި ވަދެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އީގަލް ހިލްސް އާއެކު ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ހުރި ރައްޔިތުންގެ ފައިސާ ރަސްމާލެއަށް އަޅާ ހުސްކޮށްލުމަށްފަހު އެ ތަން އެ ވިއްކާލީ ސަރުކާރުގެ ޖީބަށް ބޮޑުވާ ގޮތަށް: އާޒިމް

ރާއްޖޭގެ ރައްޔިތުންނަށް، ޚާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ހުރި، ރައްޔިތުންގެ ފައިސާ ރަސްމާލެ މަޝްރޫއަށް އަޅާ ހުސްކޮށްލުމަށް ފަހު މިއަދު މި ސަރުކާރުން އެތަން ބޭރުގެ ބަޔަކަށް އެ ވިއްކާލީ މި ސަރުކާރުގެ ވެރިންގެ ޖީބަށް ބޮޑުވާ ގޮތަށް ކަމަށް މާލެ ސިޓީގެ މޭޔަރ…

އެމްޑީޕީގެ ކުރިއަށް އޮތް ސަރުކާރެއް ވާނީ ބޯހިޔާވަހިކަމަށް ވަށާޖެހޭ ހައްލެއް ގެނަސްދޭނެ 5 އަހަރަށް: ފައިސަލް

އެމްޑީޕީގެ ކުރިއަށް އޮތް ސަރުކާރެއް ވެގެންދާނީ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނަސްދޭނެ 5 އަހަރަކަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެއްބަސްވުމެއްގައި އޮންނަ އަކުރެއްވެސް ނުފޮރުވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައި ރައީސް މުއިއްޒު، ރާއްޖޭގެ ބިމެއް ވިއްކާލުމަށްފަހު މުޅި އެއްބަސްވުން ފޮރުވައިފި: ދީދީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ މަނިކުފާނު ގާއިމްކުރައްވާ އެއްބަސްވުމެއްގެ އެންމެ އަކުރެއް ވެސް ނުފޮރުވާނެ ކަމަށް ވިދާޅުވުމަށްފަހުގައި ކަމަށާއި އެހެން ނަމަވެސް ރަސްމާލޭގެ ބޮޑު ބައެއް ވިއްކާލުމަށްފަހު މުޅި އެއްބަސްވުން ފޮރުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގ…

ރަސްމާލެ މަޝްރޫއުގެ ސަބަބުން ބޭރު މީހުން ރަށްވެހިވެ ކުރިމަތިވެދާނެ ނުރައްކާތައް އެބަހުރި، އިލްމުވެރިންގެ ގުޅުމުން އެދުނީ އެ ހުރިހާ ކަންބޮޑުވުންތައް ރައީސް މުއިއްޒުއާ ހިއްސާ ކޮށްދެއްވުމަށް!

ރަސްމާލޭގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޒޯން މަޝްރޫއާ ގުޅިގެން ހުރި ބޮޑެތި ކަންބޮޑުވުންތަކާ ގުޅޭގޮތުން، އިލްމުވެރިންގެ ގުޅުމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ބައްދަލުކޮށް، އެ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށް…

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ވަކިކޮށްލީ ފަޅި ސިކުންތެއް ތެރޭގައި، އެކަން ކުރެއްވި މެންބަރުން ޖިނާއި އިޖުރާތާއި ޝަރުއީ ނިޒާމޭ ކިޔާ "އަނގަފުޅާ" ކުރަން ލަދުގަންނަން ޖެހޭ: އައްބާސް

ރައްޔިތުންގެ މަޖިލީހުން ސްޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ވަކި ކޮށްލީ ފަޅި ސިކުންތެއް ތެރޭގައި ކަމަށާއި، އެކަން ކުރެއްވި މެންބަރުން ޖިނާއީ އިޖުރާތާއި ޝަރުއީ ނިޒާމޭ ކިޔާ "އަނގަފުޅާ" ކުރަން ލަދުގަންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މައްސަލަ ބޭރުކޮށްލުމަކީ ސަރުކާރުގެ ކޮންޓްރޯލް ދަށަށް ސުޕްރީމް ކޯޓު ގޮސްފައިވާ މިންވަރު ހާމަވާ ކަމެއް، މިއީ ހައްދުފަހަނައަޅައި ދިއުން: ކުރީގެ އުއްތަމަ ފަނޑިޔާރު

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ރައީސް މުއިއްޒުގެ ސަރުކާރުން އީގަލް ހިލްސް އަށް ދިން މައްސަލަ ޤާނޫނުއަސާސީއާ ހިލާފުކަމަށް ބުނެ، އެކަން ހުއްޓުވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލުމަކީ، އަދުލުއިންސާފު ގާއިމުކުރުމުގެ ނިޒާމުގެ މިނިވަންކަން ގެއްލި، ސަރުކާރުގެ ކޮންޓްރޯލް…

ނުހައްގު މުއްސަނދި ކަމުން ހޯދާ މުދާ ދައުލަތަށް ނަގަން ޖެހޭ ބިލު ހުށަހަޅަން ބިރު ގަންނަން ޖެހޭނީ ރައީސް ނޫންތޯ؟: މެންބަރު އައިބީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯދައްވާފައިވާ މުއްސަނދިކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދި ކަމެއްކަން ދޭހަވާ ފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، (އައިބީ) ވާހަކަދައްކަވައިފި އެވެ.

ރަސްމާލެ އެއްބަސްވުމުގެ މައްސަލައަކީ މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަ، މި މައްސަލަ ބަލައިނުގަތުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންނުވާ: އަލީ ހުސައިން

ރަސްމާލެ އެއްބަސްވުމުގެ މައްސަލައަކީ މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަ ކަމަށާއި، އެ މައްސަލަ ބަލައިނުގަތުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެން ނުވާ ކަމަށް ގާނޫނީ ވަކީލު އަދި މައްސަލަ ހުށަހެޅުއްވި އަލީ ހުސައިން ވިދ…

Loading fresh headlines…