ތެލުގެ އަގުހެޔޮ ނުކޮށް ސަރުކާރުން މަޑުކުރަނީ ކައުންސިލް އިންތިހާބު ނިމެންދެން: އަމްރު
ތެލުގެ އަގުހެޔޮ ނުކޮށް ސަރުކާރުން މަޑުކުރަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ނިމެންދެން ކަމަށާއި، ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތައް ހުއްޓާނުލައި ރައްޔިތުން މި ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.