Live 4,837 stories Updated Jan 1, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އިރުމަތީ ނޯޑާ ސަރަޙައްދުގެ އައްސޭރިފަށަށް ބުދަ ދުވަހު ރިކްޓަރ ސްކޭލުން 6 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އިން ހާމަކޮށްފިއެވެ.

ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެންނަނީ، ގައުމިއްޔަތުގެ ނަމުގައި ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް: ފައްޔާޒު

ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަކީ މި ސަރުކާރުގެ ވެރިން ކުރި ކަމެއް ކަމަށާއި، ގައުމިއްޔަތުގެ ނަމުގައި ޕީއެންސީ/ޕީޕީއެމް އިން އަބަދުވެސް ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން …

ސަރުކާރުގެ ފަރާތުން މީޑިއާ ތަކަށް ދޫކުރާ ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް، ޔޫތު މިނިސްޓަރު އަސްވާޑު ގެ ސަންގު އޮންލައިން އަށް

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީ އެންމެ ގިނައިން ލިބޭ މީޑިއާ އަކަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީ ހަމަޖައްސައިފި އެވެ.

ތަނުގެ ހިންގުން ޑެޕިއުޓީ މިނިސްޓަރަކާ ހަވާލުކޮށްފައި ވަނިކޮށް، ދިވެހި ބަހުގެ އެކެޑަމީ ގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވައިފި

ދިވެހި ބަހުގެ އެކެޑަމީގެ ހިންގުން ސިޔާސީ ގޮތުން އައްޔަނުކުރާ ޑެޕިއުޓީ މިނިސްޓަރަކާ ހަވާލުކޮށްފައި ވަނިކޮށް އެ ތަނުގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވައިފި އެވެ.

2025: ރައްޔިތުން ވާ ވައްދަން ބޭއްވި ބައްދަލުވުންތައް "ގޮވީ އަތަށް"

2025 ވަނަ އަހަރު ނިމިގެން ދިޔަ އިރު ރައީސް މުއިއްޒުގެ ސަރުކާރުން ހަގީގީ މާނަ އެއްގައި ދިވެހި ރައްޔިތުންނަށް ހިދުމަތެއް ކޮށްދީފައި ނުވާއިރު ވެސް، ސަރުކާރުން ދިޔައީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސަރުކާރުގެ ފަރާތުން 39 މީޑިއާ އަކަށް އަވަސް އަރުވާލައިގެން 28 މިލިއަން ދޭން ކުރާ މަސައްކަތް ހުއްޓާލަން އެމްޖޭއޭ އިން ގޮވާލައިފި

ރައްޔިތުންގެ ޓެކްސް ފައިސާ އިން 39 މީޑިއާ އަކަށް 28 މިލިއަން ރުފިޔާ ދޭން ކުރަމުންދާ މަސައްކަތް ހުއްޓާލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ސަރުކާރަށް ގޮވާލައިފި އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމަށް ގެނައި ބަދަލަކީ ރައްޔިތުންގެ ކޮންމެ ކަމެއް ސަރުކާރުން ކޮންޓްރޯލް ކުރުަމަށް ކުރާ އިތުރު މަސައްކަތަކެއް: ޝާހިދު

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވައިދަށް ގެނައި ބަދަލަކީ ރައްޔިތުންގެ އަމިއްލަ ދިރިއުޅުމުގެ ކޮންމެ ކަމެއް ސަރުކާރުން ކޮންޓްރޯލް ކުރުަމަށް ކުރާ އިތުރު މަސައްކަތަކެއް ކަމަށް ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ނަފްސާނީ ބަލި ހުންނަ ކޮއްކޮ އަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ނަފްސާނީ ބަލި ހުންނަ ކޮއްކޮ އަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ރާއްޖޭ ގައި އޮތީ ކޮން ނިޒާމެއް ކަމެއް ނޭނގޭ، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް: ވަކީލް ނިޝާން

ދިވެހިރާއްޖޭގައި މިހާރު އޮތީ ކޮން ނިޒާމެއްކަން ނޭނގޭ ކަމަށާއި، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުން މާލެ ސިޓީ ކައުންސިލް އާއި ހަވާލު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަން ޖެހިވަޑައިގަންނަވާނީ އެންމެ ފޯނު ކޯލެއް ކަމަށާ ނަމަވެސް އެމަނިކުފާނު އެކަން ނުކުރައްވަނީ ހަމަ ގަސްތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ…

Loading fresh headlines…