Live 4,837 stories Updated Dec 31, 2025
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ފާޑު ކިޔުން ބޮޑުވުމާ ގުޅިގެން ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތް ހަދަނީ

ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ،(އެންސްޕާ) އިން ބުނެފި އެވެ.

ކޭޕާކް މައްސަލައިގައި މަންޑޭ 397 އަހަރަށް ޖަލަށް، މިއީ ރާއްޖޭގައި އިއްވި އެންމެ ދިގު ޖަލު ހުކުމް!

ކޭޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ކްރިމިނަލް ކޯޓުގައި 94 ދައުވާ ސާބިތުވި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ އިސްތަށިގަނޑުގައި ފާޅުކަން ބޮޑު ކުލަ ޖެއްސުމާ ޝޭޑް ކުރުން މަނާކޮށް، އަންހެން މުވައްޒަފުން ހެދުން އެޅުމުގައި ކަރުވަޅާއި، ބުޑުނިވާ ކުރަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި

ދިވެހި ސިވިލް ސަރވިސްގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އިސްތަށިގަނޑުގައި ފާޅުކަން ބޮޑު ކުލަ ޖައްސައި ޝޭޑް ކުރުން މަނާކޮށް، އަންހެން މުވައްޒަފުން ހެދުން އެޅުމުގައި ކަރުވަޅާއި، ބުޑުނިވާ ކުރަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި އެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ވޯޓުލާން ޖެހޭ ގޮތައް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފު ނިންމެވުމެއް: މެމްބަރު ގަފޫރު

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ވޯޓުލާން ޖެހޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފު ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެ ރަށް ތަމްސީލު ކުރައްވާ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކޮލެޖުތަކުން ގަވާއިދާ ހިލާފަށް އޮންލައިން ކޯސްތައް ހިންގުމުގެ މައްސަލަ ބޮޑު، އެފަދަ ސަނަދުތައް ގަބޫލެއް ނުކުރާނަން: އެމްކިއުއޭ

ގަވާއިދާ ހިލާފަށް އޮންލައިން ޕްރޮގްރާމްތައް ނުވަތަ ކޯސްތައް ހިންގާ މައްސަލަ ބޮޑުވެފައިވާ ކަމަށާއި އެގޮތަށް ހިންގާ ކޯސްތަކުގެ ސަނަދު ގަބޫލު ނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.

ގޭންގެއް ކަމަށް ކަނޑައަޅަން މިހާތަނަށް ފޮނުވީ އެންމެ މައްސަލަ އެއް، އަތޮޅު ތެރެއިން ގޭންގެއްގެ ޝަރުތު ހަމަވާ ފަރާތްތައް ދަނީ ބަލަމުން: ފުލުހުން

ގޭންގެއް ކަމަށް ކަނޑައަޅަން މިހާތަނަށް ފޮނުވީ އެންމެ މައްސަލަ އެއް ކަމަށާއި އަތޮޅު ތެރެއިން ގޭންގެއްގެ ޝަރުތު ހަމަވާ ފަރާތްތައް ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެފި އެވެ.

އުރީދޫ ފަން ރަން: ބިބް ނަންބަރު ސާޗް ކޮށް ފޮޓޯތައް ޑައުންކޮށްލެވޭނެ

އުރީދޫ ފަން ރަން 2025 ގައި ބައިވެރިވި ފަރާތްތަކަށް ބިބް ނަމްބަރު މެދުވެރިކޮށް އިވެންޓުގެ ފޮޓޯތައް ފަސޭހަކަމާއެކު ހޯދައި ޑައުންލޯޑް ކުރެވޭނެ ފީޗާއެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.

އޮގަސްޓަ މަހު އެފްއައިޔޫގެ ވެރިޔަކަށް އައްޔަން ކުރެއްވި ސާޖިދު ސަސްޕެންޑް ކޮށްފި

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަށް ތުހުމަތުކުރެވޭ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓެއް ލީކުވުމާއި ގުޅިގެން އެއިރު ހުރި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ މަގާމުން ދުރުކޮށް އޮގަސްޓް މަހު އެ މަގާމަށް އައްޔަން ކުރެއްވި އިސްމާއިލް ސާޖިދު މަގާމުން ސަސްޕެންޑް ކޮށްފި އެވ…

ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި

ހދ. ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ، އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހައްދަވައިފި އެވެ. މިއާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގަ އާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ހޮވުމުގެ އިންތިޚާބުގައި ހިރިމަރަދޫ…

Loading fresh headlines…