Live 4,837 stories Updated Dec 30, 2025
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ، އެކަމަކު ރައްޔިތުންގެ ޓެކްސް ފައިސާ އިން ލިވަޕޫލް އަށް ކުރާ ޚަރަދު ސިއްރު!

ރާއްޖެ އިޝްތިހާރު ކުރުމަށް ލިވަޕޫލް ފުޓުބޯޅަ ކުލަބާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، އެ ކުލަބަށް ކުރާ ޚަރަދު ބުނެ ދިނުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދެކޮޅު ހަދައިފި އެވެ.

އެންމެ ދެ ދުވަސް ތެރޭގައި އެހީ ދޭނެ މީޑިއާތައް ނިންމީ ރަނގަޅަށް

އެއް ފަހަރާ ފައިސާ ގެ އެހީ ދޭ ގޮތަށް ހަމަޖައްސާ އެކުލަވާލި މީޑިއާ ގްރާންޓްގެ އާ އުސޫލުގެ ދަށުން 41 މީޑިއާ އަކަށް އެހީ ދިނުމަށް އެންމެ ދެ ދުވަސް ތެރޭގައި ނިންމި ނިންމީ ރަނގަޅަށް ކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް ގޮވައިގެން މެމްބަރު މައުރޫފް ކޯޓަށް ދަނީ

ރައްޔިތުންގެ މަޖިލީހުން ޑިސެމްބަރު މަހު މެމްބަރުގެ މުސާރަ އިން "ބޭއިންސާފުން" 8 ހާހަށް ވުރެ ގިނަ ރުފިޔާ އުނިކުރި މައްސަލައިގައި މަޖިލީސް ގޮވައިގެން ކޯޓަށް ދާން ނިންމާފައިވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިކްރޯފޯނަށް ގެއްލުން ދިން މައްސަލައެއް ގައި ބަދަލު ނެގުމުގެ ގޮތުން މެމްބަރުންގެ މުސާރައިން 8 ހާހަށް ވުރެ ގިނަ ރުފިޔާ އުނިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މައިކްރޯފޯނަށް ގެއްލުން ދިން މައްސަލައެއް ގައި ބަދަލު ނެގުމުގެ ގޮތުން ތިން މެމްބަރުންގެ މުސާރައިން 8 ހާހަށް ވުރެ ގިނަ ރުފިޔާ އުނިކޮށްފި އެވެ.

މިއީ ސަރުކާރުން ރާއްޖެ ކަށި ކުނބުރު ޖަންގައްޔަކަށް ވައްޓާލި އަހަރެެއް: ޝާހިދު

2025 ވަނަ އަަހަރަކީ ސަރުކާރަށް ނެރެވުނު ނަތީޖާ އަށް ބަލާ އިރު ރާއްޖެ ކަށި ކުނބުރު ޖަންގައްޔަކަށް ވައްޓާލި އަހަރެެއް ކަަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

ރައީސް ޑރ.މުހައްމަދު މުއިއްޒު ކެމްޕެއިންގައި ބިންވެރިޔާ ސްކީމާއި ގުޅުވާ ދައްކާފައި ހުރި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގަންނަވައިފި އެވެ.

"ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން 2000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފަށާނެ"

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އުފެއްދި ސަބްސިޑިއަރީ ކުންފުންނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން، …

ރައްޔިތުންގެ އިތުބާރު ހޯދަން މި ސަރުކާރުން ވާންޖެހޭ ގުރުބާނީ ވަރަށް ބޮޑު: ފައިސަލް ނަސީމް

ރައީސް މުއިއްޒު ގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު މުޅީން ހެން ގެއްލިފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ އިތުބާރު ހޯދުމަށް މިސަރުކާރުން ވާންޖެހޭ ގުރުބާނީ ވަރަށް ބޮޑު ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…