Live 4,846 stories Updated Dec 11, 2025
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

ހުޅުމާލޭގައި ހުންނަ ސްޓެލްކޯ ބާ އިންޖީނު ގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާ ގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު ތައިލެންޑު ގައި ފަރުވާދެނިކޮށް ބުރާސްފަތި ދުވަހު ނިޔާވެއްޖެ އެވެ.

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

މަސްވެރިންގެ ޑިމާންޑް ތަކަށް ހައްލު ހޯދައި ދިނުމުގެ ބަދަލުގައި ސުލްހަވެރި ކަމާއެކު އިހުތިޖާޖު ކުރަމުންދާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމުގެ ވިސްނުން ގެންގުޅުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ގެ ކޯ ފައުންޑަރ މައުރޫފް…

ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫ

ނޫނު އަތޮޅުގައި 790 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އެއްބަސްވެއްޖެ

2 އަހަރުވި އިރު ވެސް ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެއްބަސްވެވަޑައިގެންފި އެވެ.

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. ކެނދިވަރު އަދި ދޮނަހިރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރަން ސަރުކާރުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ނ. އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

މިއަހަރުގެ ރާއްޖޭގެ މަސްވެރިންގެ ދުވަސް ކުލަގަދަ ކޮށް ފާހަގަ ކުރުމަށް، މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި، ކާއެއްޗެއްސާއި ކެއުމާ ގުޅޭ ކަންކަމެވެ.

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަޑައިގެން މަސްވެރިންގެ ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި އެވެ.

Loading fresh headlines…