Live 6,053 stories Updated Feb 9, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު ވަރަށް ބޮޑަށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލް ކޮމިޓީން ފާސްކުރަން ނެގީ އެންމެ 5 މިނެޓް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އެންމެ 5 މިނިޓުގެ ތެރޭގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ފާސްކޮށްފި އެވެ.

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ، މައްސަލަ ބަލަނީ

ހޯމަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރައީސް މުއިއްޒު ޖަރުމަނަށް، ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތަފްސީލެއް ހާމައެއް ނުކުރޭ

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި އެވެ.

ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު

ރިޔާސީ ބަޔާނުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް އައްޑޫ އިން އެސް.ޓީ.އޯ. އިން އަގުހެޔޮކޮށް 23 ބާވަތް ލިބެމުން ނުދާ ކަމަށް އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މަދަނީ ހުކުމްތައް ތަންފީޒުކުރާނެ ގޮތުގެ އޮނިގަނޑަކާއި، ޚާއްސަ އިދާރާއެއް އުފައްދަން ޖެހޭ: އުއްތަމަ ފަނޑިޔާރު

މަދަނީ ހުކުމްތައް ތަންފީޒުކުރާނެ ގޮތުގެ އޮނިގަނޑަކާއި، އެކަމަށް ޚާއްސަ އިދާރާ އެއް ބޭނުންވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ ތަރައްޤީއަށް މި ސަރުކާރު ފެއިލްވެއްޖެ, ޕީއެންސީގެ ކެމްޕެއިން ޖަލްސާ ނިމުނީ އެންޓި ކެމްޕޭނުން!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަމާޒުކޮށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ން ކުޅުދުއްފުށި ސިޓީގައި 6 ފެބްރުއަރީ 2026 ގައި ބޭއްވި ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާގައި، ރަށުގެ ތަރައްޤީގެ ތަޞައްވުރަށްވުރެ ބޮޑަށް ފެނިގެންދިޔައީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ބަހުގެ ހަމަލ…

ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި، މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް

ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތަދޫ ދާއިރާގެ ރައީސް އާޔަތުﷲ ހުސެއިން ވިދާޅުވެއްޖެ އެވެ.

Loading fresh headlines…