Live 6,029 stories Updated Oct 9, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މަގޫދޫ އެއަރޕޯޓް: 12 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް 2025 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރައީސް ވިދާޅުވި ނަމަވެސް އަދިވެސް ނުނިމޭ!

ފ. މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާނެ ކަމަށް ވިދާޅުވި ތާރީހަށް ނުނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ ބިންތައް ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަނުކުރާނަމަ އެއީ ވައްކަމެއް ފޮރުވަން އުޅުން: ބޮންޑާ

ރައްޔިތުންގެ މިލްކިއްޔާތުގައިވާ ވަސީލަތްތަކާއި ބިންތައް އެކި ފަރާތްތަކަށް ދޫކޮށް ނުވަތަ ވިއްކައިގެން ހަދާފައިވާ އެއްބަސްވުންތަކުގެ ތަފުސީލު ދިވެހި ރައްޔިތުންނަށް ފެންނާނެހެން ހާމަކުރަންޖެހޭ ކަމަށާއި، އެއްބަސްވުން ހާމަނުކުރާ ނަމަ އެއީ ވައްކަމެއް ފޮރުވަން އުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު…

މީދޫ ވޮލީކޯޓު ތަރައްގީކުރުމުގައި ފަންނީ ލަފަޔަށް ނުބެލުމުގެ ނަތީޖާ ހިތި، ވާރޭވެހޭނަމަ ކޯޓު ބޭނުން ނުކުރެވޭ!

ދ. މީދޫގައި ތަރައްގީކުރި ވޮލީ ކޯޓުގެ މަސައްކަތް އަވަސްއަރުވާލައިގެން ނިންމުމުގެ ސަބަބުން، ވާރޭ ވެހޭ ވަގުތުތަކުގައި ފެންބޮޑުވެ އެތަން ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މާހު ހުރީ އެ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި!

މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މާހު ހަސަން ހުރީ އެ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 ޑޮލަރު ޓްރާންސްފާ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 އެމެރިކާ ޑޮލަރު ޓްރާންސްފާ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެ އޭނާ ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ރަސްމާލޭގެ މަޝްރޫއަކީ "ދިވެހީންގެ ރާއްޖެ" ނޫން ގޮތަކަށް މުޅި ގައުމު ބަދަލުކުރަން ފަށާފައިވާ ސިލްސިލާގެ ފުރަތަމަ ބޮޅު: މެންބަރު މީކާއީލް

ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި ސަރުކާރު ޖަވާބުދާރީވާންޖެހޭ ކަމަށާއި، މިހާރު ފެންނަމުންދަނީ "ދިވެހީންގެ ރާއްޖެ" ނޫން ގޮތަކަށް މުޅި ގައުމު ބަދަލުކުރަން ފަށާފައިވާ ސިލްސިލާގެ ފުރަތަމަ ބޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާ…

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

އަބޫދާބީގައި 2022 ވަނަ އަހަރު ބޭއްވި ޔަހޫދީންގެ ކައިވެނި ހަފުލާއެއްގައި، އެ ޤައުމުގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު އަލައްބާރު ދުޢާކުރި މައްސަލައިގައި އަނެއްކާވެސް އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

އިޓަލީގެ ފީނުންތެރިން މަރުވީ ފުޅީގެ ވައި ހުސްވެގެން ކަން ކަށަވަރުވެއްޖެ

މި އަހަރުގެ ކުރީކޮޅު ވ. އަތޮޅުގެ ފުން ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރޭގައި މަރުވި އިޓަލީގެ ފަސް ފީނުންތެރިންގެ ޕޯސްޓްމޯޓަމް ރިޕޯޓުން، އެ މީހުން މަރުވީ ފުޅީގެ ވައި ހުސްވެގެންކަން ކަށަވަރުވެއްޖެ އެވެ.

އޮންލައިންކޮށް ހުށަހަޅައިގެން ދަތިކަމެއް ނެތި ރަށްވެހިންގެ ރަޖިސްޓްރީ ހެއްދުމުގެ ކަންކަން މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފި

މާވެހި ޕޯޓަލް މެދުވެރިކޮށް ރަށްވެހީންގެ ރަޖިސްޓްރީ ހެއްދުމަށް ހުށަހަޅާ ފަރާތްތަކަށް ދަތިކަމެއް ނެތި އޮންލައިންކޮށް ހުށަހަޅައިގެން ރަށްވެހިންގެ ރަޖިސްޓްރީ ހެއްދުމުގެ ކަންކަން މިހާރު މާލެ ސިޓީ ކައުންސިލުގައި ހަމަޖެހިފައިވާނެ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަކީ، ދުރު މުސްތަގުބަލުގައި ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، ރާއްޖޭގެ ރަށްވެހިކަން ހޯދައި އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހި…

Loading fresh headlines…