Live 6,029 stories Updated Oct 8, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

2646 ވަރަކަށް ޕާސްޕޯޓު ހެދުމުގެ ރިކުއެސްޓުތައް ބެކްލޮގްގައި އެބަހުރި، ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެނެވޭނީ އާދިއްތަ ދުވަހުން ފެށިގެން: މިނިސްޓަރު އިހުސާން

2646 ވަރަކަށް ޕާސްޕޯޓު ހެދުމުގެ ރިކުއެސްޓްތައް ބެކްލޮގްގައި އެބަހުރި ކަމަށާއި، ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެނެވޭނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ތަކެތީގެ އަގު ބޮޑުވަމުން ދިޔުމަށްފަހު މިހާރު ފެންނަ މަންޒަރަކީ ތަކެތި ހުސްވަމުންދާ މަންޒަރު: އަމްރު

މީގެ 6 މަސް ދުވަސް ކުރިން ތަކެތީގެ އަގު ދިޔައީ ބޮޑުވަމުން ކަމަށާއި، އެހެން ނަމަވެސް އެއަށްފަހު މިހާރު ފެންނަ މަންޒަރަކީ ތަކެތި ހުސްވަމުންދާ މަންޒަރު ކަމަށް، އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އެލްޖީއޭގެ ހަރަދު ބަޖެޓަށްވުރެ އިތުރުވާކަމަށް ފެންނަނީ އަތޮޅު ގޮފިތަކުގެ ހަރަދުތައް އެ އޮތޯރިޓީގެ ހަރަދުތަކުގެ ގޮތުގައި ހިމަނާފައިވާތީ: އެލްޖީއޭ

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހަރަދު ބަޖެޓަށްވުރެ އިތުރުވާކަމަށް ފެންނަނީ 2026 ވަނަ އަހަރަށް އެ އޮތޯރިޓީއަށް ފާސްކޮށްފައިވާ ބަޖެޓުގެ އިތުރުން އަތޮޅު ގޮފިތަކުގެ ހަރަދުތައް އެ އޮތޯރިޓީގެ ހަރަދުތަކުގެ ގޮތުގައި ހިމަނާފައިވާތީ ކަމަށް އެލްޖީއޭއިން ބުނެފި އެވެ.

ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި، ބުނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހުށަހެޅުނު މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

500 ހެކްޓަރު ވިއްކާލުމަށް ފަހު ވެސް ރައީސް ވިދާޅުވަނީ މި ބިމުން އިންޗިއެއް ވެސް ދޫނުކުރައްވާނެ ކަމަށް، 500 ހެކްޓަރަކީ ކިތައް އިންޗިތޯ؟: ޒިޔާދު

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ނިންމުމަށްފަހު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ ދިވެހީންގެ ބިމުން އެންމެ އިންޗިއެއް ވެސް ދޫނުކުރާނެ ކަމަށާއި އެހެން ކަމުން 500 ހެކްޓަރުގައި ވަނީ ކިތައް އިންޗ…

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޭން ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމެއް ނުކުރާނަން: މޭޔަރު އާޒިމް

މުސްލިމް ނޫން ބަޔަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަށް ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމް ނުކުރައްވާނެ ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ވަގުފު ކުންފުނީގެ ޗެއަރޕާސަންގެ މަގާމަށް ޝެއިޚް އިއްޒުއްދީން އަދި އެމްޑީގެ މަގާމަށް ޔާމީން ހިމެނޭހެން ޖުމްލަ ހަތް މެންބަރުން އައްޔަނުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދި ގައުމީ ވަގުފު ކުންފުނި، ''މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް''ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކުރައްވައިފި އެވެ.

މީދޫގެ މަސް ޖެޓީ: މިސަރުކާރުން ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށްވީ ވައުދެއް، މިހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވޭ!

ދ. މީދޫގައި އަޅައިދޭނެ ކަމަށް ސަރުކާރުން ބުނި މަސް ޖެޓީގެ އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަށް ކުރެވިފައި ނުވާތީ، އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޑރ. އަޒްމިރާލްދާ، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ބުނެ މައްސަލަ ފައިލްކޮށްފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހުށަހެޅުނު މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އެމްޑީޕީއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތުތަކުގައި އަބަދުވެސް ހުރީ ޕާޓީއާ އެކު: ފައިސަލް

އެމްޑީޕީއަށް ރައްޔިތުންނަށްޓަކައި ކޮށްދެވުނު އެންމެ މުހިންމު މަސައްކަތަކީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކަމަށާއި، ޕާޓީއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތުތަކުގައި އަބަދުވެސް ހުންނެވީ ޕާޓީއާ އެކުގައި ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…