Live 6,053 stories Updated Jan 14, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ގަންނަ ކޮންމެ ސްލައިސް ޗީސް 10 ކޭހަކަށް، 1 ކޭސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފި

ރާއްޖޭގައި ފުޅާ ދާއިރާއެއް ގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލް ކޮށް އަދި ރީޓެއިލް ކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ހިލޭ ސްލައިސް ޗީޒް ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބުޅަލުގެ ނަޖިސް ނުނަގާ މައްސަލަ ތާވަލު ކުރުމުން ސަރުކާރުގެ ކައުންސިލަރުން ހާޒިރެއް ނުވި، މިއަދުގެ ޖަލްސާ ވެސް ކެންސަލް

ބުޅަލުގެ ނަޖިސް ނުނަގާ މައްސަލަ އާއި ބުޅާ ފެސިލިޓީގެ ޚިދުމަތް ނުދެވޭ މައްސަލަ އެޖެންޑާ ކޮށްފައިވަނިކޮށް މާލެ ސިޓީ ކައުންސިލްގެ ބުދަ ދުވަހުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހިއްޖެ އެވެ.

ކެނދިކުޅުދޫ މީހަކު އަމިއްލަ އަށް ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިއްޖެ

ގޭގައި ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން ދިޔަ މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

އޮޑިވެރިންނަށް ތަކުލީފު ނުޖައްސާ ހުޅުމާލެއިން އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ: ޣަފޫރު

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށާ އޭގެ ކުރިން ރަށްރަށަށް ބޭނުންވާ މުދާ ސަޕްލައި ކޮށް ނިންމަން ޖެހޭ އިރު ހުޅުމާލެއިން ނަމަވެސް އޮޑިފަހަރަށް މުދާ އެރުވޭނެ އިންތިޒާމެއް ސަރުކާރުން މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާ…

ރައީސް މުއިއްޒު 2024 އަދި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަން ގާތަށް ފައިސާ ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒު 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ނަހަމަ ގޮތުގައި 2 ބިލިއަންއާ ގާތަށް ފައިސާ ނަގާފައިވާ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.

އެސްޓީއޯ ފާމަސީތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަނީ

ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ބޭސް ފިހާރަ ހިންގަމުންދާ ކުންފުނި، އެސްޓީއޯގެ ހުރިހާ ފާމަސީ އެއް ރާއްޖެ އަށް ބޭސް އެތެރެކުރުމަށް ރައީސް މުއިއްޒު އުފެއްދި ހާއްސަ ކުންފުނީގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ދައުވާ ކުރެވޭ މީހަކަށް، ރައީސް މުއިއްޒު މެނޭޖަރ ލެވެލް ގެ ވަޒީފާ އެއް ދީފި

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ މައްސަލަ އެއްގައި މިހާރުވެސް ޕްރޮސިކުއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާފައިވާ، ގއ. މާމެންދޫ، ރޯޒްބެޑް، އިބްރާހިމް ސޯބިރު އަށް، ގއ. މާމެންދޫ އާރުޑީސީ އޮފީހުގެ މެނޭޖަރު ކަމުގެ މަގާމު ރައީސް މުއިއްޒު ދެއްވައިފި އެވެ.

60 ށް ވުރެ ގިނަ ފަހަރު ޗުއްޓީ ހޭދަ ކުރަން އައި އިނގިރޭސި ދެމަފިރިން ރާއްޖޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއް ގައި މަރުވެއްޖެ

60 ށް ވުރެ ގިނަ ފަހަރު ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ އިނގިރޭސި ދެމަފިރިން ރާއްޖޭ ގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއް ގައި މަރުވެއްޖެ އެވެ.

މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި

މޯލްޑިވް ގޭސް ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު މީސްމީޑިއާ ގައި ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކުން ދޭހަވާ ގޮތަކަށް ޕޯސްޓެއްކުރުމުން އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުން ހުއްދަ ނުދިނުމުގެ ސަބަބުން، ނ، މާފަރުން ގޯތި ދޫނުކުރެވި ރައްޔިތުންނަށް ތުރާލަކަށް

ސަރުކާރުން ހުއްދަ ނުދިނުމުގެ ސަބަބުން ނ. މާފަރު ރައްޔިތުންނަށް ގޯތި ދޫކުރެވެން ނެތް ކަމަށް އެރަށު ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު އާމިރު ވިދާޅުވެއްޖެ އެވެ.

"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން"

ކޮރަޕްޝަން ޓޮލަރޭޓް ނުކުރާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެކި އެކި ޖަލްސާތަކުގައި އަޑު ހަރުކޮށް ދެއްކެވި ވާހަކަފުޅު އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. އަދި ތަކުރާރުކޮށް ވިދާޅުވާ އެއް ޖުމްލަ އަކީ ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ކަމަށެވެ.

Loading fresh headlines…