Live 6,053 stories Updated Jan 9, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކޮށްފައިވާ ތަޖުރިބާ ދަތުރުތަކަށް 338،006 ރުފިޔާ ހަރަދުކޮށްފައިވާ އިރު، މި ހަރަދަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝިއަންސީ އިތުރުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ދައުލަތުގެ އެންމެހާ އިދާރާތަކަށް މާލިއްޔަތާ ބެހޭ ސަރކިއުލަރ އިން އަންގާފައިވާ އެންގުމ…

މަރުގެ އަދަބު ދޭން ބޭނުމެއް ނޫން، އުންމީދަކީ އެގޮތަށް އަމަލު ނުކުރުން: ރައީސް މުޢިއްޒު

ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އުންމީދަކީ އެއްވެސް މީހަކު އެގޮތަށް އަމަލު ނުކުރުން ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ މަސައްކަތެއް ހިނގާނަމަ ޑޮލަރު ލިބެން ހުންނާނީ 25 ރުފިޔާގައި: ރައީސް ޔާމީން

އިގްތިސާދީ މަސައްކަތެއް ހިނގާނަމަ ޑޮލަރު ލިބެން ހުންނާނީ 25 ރުފިޔާގައި ކަމަށާއި، މިހާރު ޑޮލަރެއް 20 ރުފިޔާގައި ހުރީ ޑޮލަރުން ކުރާ މާބޮޑު ކަމެއް ގައުމުގައި ނުހިނގާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުއައްސަސާގެ ޒަމާން ދުއްވާލި ނާޒިމުގެ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި އެބަހުރި: ކުރީގެ ސީޕީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މޯލްޑިވްސް ޕޮލިސް ސާވިސް ގެ ޒަމާން ދުއްވާލައިފި ކަމަށާއި އޭނާ އާ ބެހޭ ބައިވަރު މައުލޫމާތު ފުލުހުންގެ އަތުގައި ހުރި ކަމަށް ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ އިސް ފުލުހަކު ބުނެފި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެ…

ރައީސް މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި، އެފަދަ ބޭފުޅަކަށް ގައުމެއް ނުހިންގޭނެ: ކައުންސިލް މެންބަރު ޔަޝްފާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި ކަމަށާއި، އެފަދަ ބޭފުޅަކަށް ގައުމު ނުހިންގޭނެ ކަމަށް ރ.ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ.

ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!

ރ.ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެރަށު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ.

ދާންދޫ ކައުންސިލުން ކަރަންޓު ބިލްތަކަށް ދައްކަން ޖެހޭ ފައިސާ އިން ކުޅިވަރު ހަރަކާތްތަކަށް 7 ލައްކަ ރުފިޔާ ހަރަދު ކޮށްފައިވޭ: އޮޑިޓް

ގއ. ދާންދޫ ކައުންސިލް އިދާރާއިން އެ އިދާރާގެ ކަރަންޓު ބިލްތަކަށް ފައިސާ ނުދައްކާ، އެ ފައިސާއިން ކުޅިވަރު ހަރަކާތްތަކަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު

ރަށްރަށުގައި ހިންގަން ސޮއި ކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ނުދަނީ އެރަށްރަށު ގެ ކައުންސިލް އިން ބިން ހަވާލުނުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ގެއްލިގެން ހޯދި ރާއިދާ ފެނިއްޖެ

އައްޑޫ ސިޓީ، ފޭދޫން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އާންމު ރައްޔިތުންގެ ބަޔަކަށް އޭނާ ފެނިއްޖެ އެވެ.

ޓްރަމްޕްގެ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު ކޮންގްރެސްގެ ހުއްދަ ނެތި ވެނެޒުއޭލާގައި އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް ޓްރަމްޕަށް މަނާ ކުރުމުގެ ގަރާރު ކުރިއަށް ގެންދަން ފާސް ކޮށްފި

ވެނެޒުއޭލާ އާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް އޮތް ބާރުތައް ހަނިކުރުމުގެ ގަރާރެއްގެ މަސައްކަތް ކުރިއަށް ގެންދަން އެމެރިކާގެ ސެނެޓުން ފާސްކޮށްފި އެވެ. މި ގަރާރުގެ މަގްސަދަކީ ކޮންގްރެސްގެ ހުއްދައެއް ނެތި ވެނެޒުއޭލާއާ ދެކޮޅަށް އިތުރު އަސްކަރީ ހަރަކާތްތައް ހިންގުން ރައީސް …

Loading fresh headlines…