Live 6,029 stories Updated Oct 5, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މި ސަރުކާރުން އަތުލި ފްލެޓުތައް އެމްޑީޕީގެ ވެރިކަމެއްގައި އަލުން ހަވާލުކޮށް އެ އެއްބަސްވުންތަކަށް އިހުތިރާމު ކުރާނަން: ސޯލިހު

ނިމިދިޔަ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން މި ސަރުކާރުން އަތުލާފައިވާ ފްލެޓުތައް، އެމްޑީޕީގެ ވެރިކަމެއްގައި އަލުން އޭގެ ހައްގުވެރިންނާ ހަވާލުކޮށް، ކުރީގެ އެއްބަސްވުންތަކަށް އިހުތިރާމު ކުރައްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ފޯރުކޮށްދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވުމާ ގުޅިގެން، ފެނަކަގެ ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާނެ ގޮތެއް މިއަދާ ހަމައަށް ވެސް ސާފު ނުކޮށްދޭތީ، މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ވަރ…

މިދިޔަ އަހަރުގެ ސެޕްޓެމްބަރާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި، ފަތުރުވެރިކަން 3.4 އިންސައްތަ ދަށަށް!

މިދިޔަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހު، ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ މަޖިލީހުގެ އިންތިޚާބަށް ދިއުމުގެ ކުރިން ''ބޮޑު ބަދަލުތައް'' ގެންނާނަން: ފައްޔާޒު

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދިއުމުގެ ކުރިން ''ބޮޑު ބަދަލުތައް'' ގެންނަވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މީދޫގައި ތަރައްގީ ކުރާ މޫދަށް އެރޭ ސަރަހައްދު: އިންތިޚާބުގެ ފަހުން އަމަލީ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދޭ، މިހާރު ހައިމާކު އެއޮތީ ރާއްޖެޓީވީގެ ޓީމު އެ ރަށަށް އަންނަ ޚަބަރު ލިބުމާ ގުޅިގެން!

ދ. މީދޫގައި ތަރައްގީ ކުރަމުންދާ މޫދަށް އެރޭ ސަރަހައްދުގެ އަމަލީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާ ކަމަށާއި، މިހާރު އެސަރަހައްދުގައި ހައިމާކު އެއޮތީ ރާއްޖެޓީވީގެ ޓީމު އެ ރަށަށް އަންނަ ޚަބަރު ލިބުމާ ގުޅިގެން ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންޓަރ-ޕާލިމެންޓަރީ ޔޫނިއަންގެ 153 ވަނަ އެސެމްބްލީގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަނީ

މިމަހުގެ 5 އިން 9 އަށް ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަންގެ 153 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަފުޅު ދައްކަވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު

އެމަނިކުފާނުގެ ވެރިކަމެއް ގާއިމުވެއްޖެނަމަ، ދިވެހިރާއްޖޭގެ މައި އިގުތިސާދީ ސިނާއަތްތަކަށާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ގެނެސްދެއްވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު

ފަލަސްތީނުގެ މައްސަލަ ފެށިގެން އައީ ޒަޔަނިސްޓުންނަށް ބިންތަކެއް ދާއިމަށް ދީގެން ކަމަށާ، ޣައިރު މުސްލިމުންނަށް ރާއްޖޭގެ ބިންތައް އެފަދަ ގޮތަކަށް ދާއިމަށް ދީފިނަމަ އެއީ ނުރައްކާތެރި ކަމެއް ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…