Live 6,029 stories Updated Oct 4, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

2024 ވަނަ އަހަރު މާޅޮހު ކައުންސިލުން ބިމުގެ ދަފްތަރެއް އެކުލަވާލައި ޝާއިއުކޮށްފައި ނުވާތީ އެކަން ކުރުމަށް އޮޑިޓް އޮފީހުން އަންގައިފި

އއ. މާޅޮހު ކައުންސިލުން 2024 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ބިމުގެ ދަފްތަރެއް އެކުލަވާލައި ޝާއިއުކޮށްފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު

އަމިއްލަ ޚަރަދުގައި އެއަރޕޯޓެއް ތަރައްގީކުރަން ޖީއެމްއާރް އަށް 25 އަހަރަށް ކުއްޔަށް ދިނުމުން، ގައުމު ވިއްކާލި ކަމަށް ބުނެ ލާދީނީ ޓެގު އެޅުވި ބޭފުޅުން މިއަދު އަމަލުކުރައްވަމުން ގެންދަވަނީ ގައުމިއްޔަތާ މުޅިން ޚިލާފަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސް…

މާލޭގައި ފެން ހެދެމުންދާތާ 30 އަހަރަށްފަހު ފެން ހިންދާ ހަރުދަނާ ނިޒާމެއް ކައުންސިލުން ގާއިމުކުރީ ބަޖެޓުން ލިބޭ 5 އިންސައްތައިން: އާޒިމް

މާލެ ސިޓީއަށް ފާއިތުވި 30 އަހަރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ، ސިޓީ ކައުންސިލުން ހައްލުކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން ލިބޭ 5 އިންސައްތަ ބޭނުންކޮށްގެން ކަމަށާއި، އެމްޑީޕީގެ ކައުންސިލްތަކުން ބަޖެޓު ރަނގަޅަށް ބޭނުން ކުރުމުގައި ނަމޫނާ ދައްކަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވ…

ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު

ދުނިޔެ ދުވަހުން ދުވަހަކަށް ބަވަނަވަމުން އަންނަ އިރު، އެއް ގައުމު އަނެއް ގައުމާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު ކަމަށާއި، އެ ގުޅުންތަކަށް ބުރޫއަރައިފިނަމަ އޭގެ ނިކަމެތިކަން ތަހައްމަލުކުރަން ޖެހޭނީ އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިތަކުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް, އަ…

އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތަނެއް ހޯދުމަށް ސަރުކާރުގައި އެދުނު ނަމަވެސް، އެކަން ނުކޮށްދިން، އެލްޖީއޭއިން އެންގީ ކައުންސިލްތަކުގެ ބިންތަކާއި ވަސީލަތްތައް ސިޔާސީ ފިކުރު ޕްރޮމޯޓުކުރަން ބޭނުން ނުކުރެވޭނެ ކަމަށް!

ކައުންސިލްތަކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އާންމު ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ބިންތަކާއި ވަސީލަތްތައް، ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރު ދިރުވައި ޕްރޮމޯޓުކުރުމަށް ބޭނުން ނުކުރެވޭނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އަންގައިފި އެވެ.

ރާއްޖޭގެ އިގުތިސާދާއި ސިއްހީ ނިޒާމު މިއޮތީ ފުލުން ގޮސްފައި: ޝާހިދު

ރާއްޖޭގެ އިގުތިސާދާއި، ސިއްހީ ނިޒާމާއި، ބޯހިޔާވަހިކަމުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް މިއަދު މިއޮތީ މުޅިން ބޮއްސުންލައި ފުލުން ގޮސްފައި ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް, އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކަށް ދައުލަތުން ދޭ ބްލޮކް ގްރާންޓްގެ އަދަދު 3 ގުނަ ބޮޑުކޮށް، ކައުންސިލް ހޮވަން ވޯޓުލެވޭ ގޮތް ބަދަލުކުރާ "ލާމަރުކަޒީ ސިޔާސަތު" އެމްޑީޕީ އިން ފާސްކޮށްފި

ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ދޭ އަދަދު 3 ގުނަ އިތުރުކޮށް، ކައުންސިލް ހޮވަން ވޯޓުލެވޭ ގޮތް ބަދަލުކުރާ "ލާމަރުކަޒީ ސިޔާސަތު" އެމްޑީޕީގެ ކޮންގްރެސްއަށް ހާޒިރުވި މަންދޫބުންގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި އެވެ.

އެމްޑީޕީގެ "ބޮޑު ބަދަލު" ސިޔާސަތު ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

ގާނޫނުއަސާސީ އާއި ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި "ބޮޑު ބަދަލު" ސިޔާސަތު ކަރުދާސް، އެ ޕާޓީގެ ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި އެވެ.

ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން

ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރާއްޖޭގެ ރަށްވެހިކަންދީ، ވަޒަންވެރިކޮށްގެން ދިވެހިރާއްޖެ ރޫޅާލަން އެއްވެސް މީހަކަށް ފުރުސަތު ދީގެންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުތައް އުވާލުން ހިމެނޭހެން އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް

ސިޔާސީ ޕާޓީ އެއްގެ ގޮތުގައި އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް، އެ ޕާޓީގެ އުސޫލުތައް ހަރުދަނާކޮށް، ވަރުގަދަ ކުރުމަށްޓަކައި، ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

Loading fresh headlines…