Live 6,029 stories Updated Oct 3, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އެމްޑީޕީ ކޮންގްރެސް: ފައްޔާޒްގެ އިސްލާހުތައް ގަނޑުކޮށް ފާސްކުރާތީ މެންބަރުންގެ ކަންބޮޑުވުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަސާސީ ގަވާއިދަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ހުށަހެޅުއްވި އިސްލާހުތައް އެއްކޮށް، ގަނޑުކޮށް ފާސްކުރަން އުޅޭތީ އެޕާޓީގެ ކޮންގްރެސްގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލްސް ހިލްސްއަށް ދިނުން: އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް ހުންނެވީ ހަނު!

ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިސްލާމީކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަނު ހުންނެވުމުން އެމަނިކުފާނު މި މަޝްރޫއުއާ ދޭތެރޭ ދެކިވަޑައިގަންނަވާ ގޮތާއި މެދު ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ މެދުގައި ސުވާލު އުފެދިއްޖެ އެވެ.

ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

ދ. މީދޫގެ އާއްމު ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވާއިރު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުނުކޮށް ރަނގަޅުނުވާނެ ކަމަށް އެ ރަށުގެ ގިނަ ރައްޔިތުން ބުނެފި އެވެ.

2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީން ބަޔަކު ކަނޑާލި ކަމަށް ބުނެ ފެތުރި ވާހަކަ: މެންބަރު ނާޒިލް

2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީން ބަޔަކު ކަނޑާލި ކަމަށް ބުނެ ފެތުރި ވާހަކައިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެ…

"ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓް ފޯރަމް: 300 މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓް ފުރުސަތުތަކެއް!

"ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓް ފޯރަމްގައި 300 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓް ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

ރަސްމާލެ މަޝްރޫއު: މިވަރުގެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި ގިނަ ސިއްރުތަކެއް އޮންނާނެކަމަަށް އަލީ ހުސެއިން ވިދާޅުވެއްޖެ

ރަސްމާލެ މަޝްރޫއުގެ ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމުގައި ގިނަ ސިއްރުތަކެއް ފޮރުވިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކަށް ޖިނާއީ ތަހުގީގު ހިންގައި ވަނަވަރު ހާމަކުރަނީ، އުޅަނދު ދުއްވި މީހާއާއި އުޅަނދުގެ ވެރިފަރާތަށްވެސް ފިޔަވަޅު އަޅާނެ!

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ އޮތީ ވަރަށް ކުރީގައި، ނަމަވެސް އެކަން ކޮށްގެން ފައިސާއެއް ނުލިބޭ: އަސްލަމް

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ވަކާލާތު ކުރުމުގައި ދިވެހިރާއްޖެ އޮތީ ވަރަށް ކުރީގައި ކަމަށާއި، ނަމަވެސް އެކަމަކީ ފައިސާއެއް ލިބޭ ކަމެއް ނޫން ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!

ދ. މީދޫގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓް އެއްވެސް ބޭނުމެއް ނުކުރެވި، ފަޅުވެ، ގޮނޑެއްގެ ގޮތުގައި އޮތް ކަމަށް ވިދާޅުވެ އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކުރީ ސަރުކާރުން 95 އިންސައްތަ ނިންމާފައިވާ ޅައިމަގު ބަނދަރު މަޝްރޫއު: މިސަރުކާރަށް މަަސައްކަތް ނިންމާނުލެވި 3 އަހަރު ވަނީ!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 95 އިންސައްތަ މަސައްކަތް ނިންމާފައިވާ ށ. ޅައިމަގު ބަނދަރު މަޝްރޫއު، މިސަރުކާރަށް ތިން އަހަރު ވާން ދާއިރު ވެސް ނުނިމޭތީ މަޖިލީހުގެ ފުނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Loading fresh headlines…