Live 6,053 stories Updated Dec 1, 2025
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

އެއިޑްސް ނައްތާލުމަކީ ވަކި ޤައުމަކަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެއީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރުގޭގައި ޖާގަ ނެތިގެން މައްސަލަތައް ކުރިއަށް ނުދާ ކަމަށް ޝަރުއީ ދާއިރާ އިން ފާހަގަކުރާ ކަަމަށާއި، ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

އަތޮޅު ކައުންސިލްތައް އުވާލައި ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލަރުން އިންތިޚާބު ކުރަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މުސާރަ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރާ މުވައްޒަފުންނަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު ނުފޫޒު ފޯރުވައި ބިރު ދައްކަމުންދާ ކަމުގެ ތުހުމަތު

ޝަރުއީ ދާއިރާގެ މުސާރަ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރާ މުވައްޒަފުންނަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛު އަމްޖަދު މުސްތަފާ ނުފޫޒު ފޯރުވައި ބިރު ދައްކަމުންދާ ކަމަށް ތުހުމަތުކޮށްފި އެވެ.

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަޝްހޫރު އެންޓަޕްރެނަރެއްގެ ގޮތުގައި ފާހަގަވެފައިވާ ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވި ފުލުހުން އެ މައްސަލަ ބަލަމުން އަންނަނިކޮށް، އޭނާ އެނބުރި ރާއްޖެ އައުމުން ހައްޔަރު ކުރުމުގެ ބަދަލުގައި ފުލުހުންގެ ކާރުގައި ސުވާލުކުރަން ގެންގޮސްފި އެ…

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ މީހުން ހައްޔަރުކޮށް ފޮޓޯ އާންމު ކުރިއަސް އެ ފޮޓޯ މުއައްސަސާތަކުން ޑިލީޓު ވޭ: ކުޑޫ

ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ މީހުން ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރިއަސް އެމީހުންގެ ފޮޓޯ އާއި ވަނަވަރު އަދި ބައެއް ފަހަރު ކުށުގެ ރިކޯޑު ވެސް މުއައްސަސާތަކުގެ ވެބްސައިޓުން ޑިލީޓުވާ މަންޒަރު މިއަދު ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑ…

"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"

2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޑިޖިޓަލް ޒަމާނަކަށް ދަތުރުކުރާ ކަމަށް ވިދާޅުވެ، ރައީސް ގެންދަވަނީ ކޭޝް މޯ ޕޮލިސީ ރަށްރަށުގައި ތައާރަފް ކުރައްވަމުން: މެންބަރު އަހުމަދު ދީދީ

ޑިޖިޓަލް ޒަމާނަކަށް ދަތުރުކުރާ ކަމަށް ވިދާޅުވެ، ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ ކޭޝް މޯ ޕޮލިސީ ރަށްރަށުގައި ތައާރަފް ކުރައްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މުއިއްޒު ޕާޓީ އިން އަސްމާ އަށް ފިޔަވަޅު އަޅައި މުގައްރިރު ކަމުން ވަކި ކޮށް ދަތުރުތައް ކެންސަލް ކުރީ އަންހެނަކަށް ވީތީ: މީކާއިލް

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރު ކަމުން ވަކިކޮށް މެންބަރުގެ ދަތުރުތައް ކެންސަލް ކުރީ އެއީ އަންހެނަކަށް ވީތީ ކަމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…