Live 6,029 stories Updated Oct 3, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ހުޅުމާލޭ މަގުތަކުގެ ދުވާރުމަތީގައި އުޅަނދު ޕާކު ކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައާއި، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް އުޅަނދު ޕާކުކުރާ މައްސަލަތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދީފި އެވެ.

މިހާރު ތިބި ޕީއެންސީގެ ކައުންސިލަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ކައުންސިލަރުން ފެނަށް ދިރުނީ އަޅުގަނޑުމެންގެ ތެރެއިން: ރައީސް ނަޝީދު

މިހާރު ތިބި ޕީއެންސީގެ ކައުންސިލަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ކައުންސިލަރުން ފެނަށް ދިރުނީ އެމްޑީޕީގެ ތެރެއިން ކަމަށް އެ ޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

ދ. މީދޫގައި ރާއްޖެޓީވީން ޝޫޓްކުރި "ހާލު ކިހިނެއް" ޕްރޮގްރާމް އެ ރަށުގެ ބޮޑު ސްކްރީންގައި އެޅުވުމަށް ކުރި މަސައްކަތަށް، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލް މެންބަރަކު ހުރަސްއަޅުއްވައި، ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވައިފި އެވެ. ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އ…

މިއަހަރު އަދި އެއްވެސް ވަރަކަށް ގްރީން ފަންޑްގެ ރިޕޯޓު ސަރުކާރުން ހާމަނުކުރޭ، ފެންނަމުން ދަނީ ސަރުކާރުގެ ޓްރާންސްޕޭރެންސީ ތިމާވެށި ކަންކަމުގައި ގެއްލޭ މިންވަރު: ސަރުވަޝް

މިއަހަރު އަދި އެއްވެސް ވަރަކަށް ގްރީން ފަންޑްގެ ރިޕޯޓު ސަރުކާރުން ހާމަނުކުރާ ކަމަށާއި، ފެންނަމުން ދަނީ ސަރުކާރުގެ ޓްރާންސްޕޭރެންސީ ތިމާވެށި ކަންކަމުގައި ގެއްލޭ މިންވަރު ކަމަށް ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަދި ކުރީގެ ޕެންޝަން ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަ…

ވަރުގަދަ ޑިމޮކްރަސީއެއްގެ ހަގީގީ އެއް ބިންގަލަކީ އާންމު ރައްޔިތުންގެ ފުދުންތެރިކަމާއި ހަރުދަނާ އިގުތިސާދެއް: ޝާހިދު

ވަރުގަދަ ޑިމޮކްރަސީއެއްގެ ހަގީގީ އެއް ބިންގަލަކީ އާންމު ރައްޔިތުންގެ ފުދުންތެރިކަމާއި ހަރުދަނާ އިގުތިސާދެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަމާން އުދަރެސް 5 ގައި ރޯވެ، އިމާރާތުގެ ފެން ހޮޅިއަކަށް ގެއްލުންވި، ޓަވަރުގެ ބައެއް ޔުނިޓުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑޭނެ: އެފްޑީސީ

ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ގްރައުންޑް ފްލޯގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ތަނުގައި ހުރި ތަކެއްޗަށާއި އިމާރާތުގެ ފެން ހޮޅިއަކަށް ގެއްލުންވި ކަމަށް ފުލުހުން ބުނެފި އެވެ.

ގާނޫނާ ހިލާފަށް ވަކިކުރި ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދޭން އަމުރުކޮށްފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ހިންގަމުން އަންނަ ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކު ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރި މައްސަލައިގައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 47,666.67 ރުފިޔާ ދެއްކުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށް…

ޓެކްސް ނެގުމުގެ އައު އުސޫލާ ގުޅިގެން އިޓަލީގެ މަގުބޫލު ޓުއަރ އޮޕަރޭޓަރަކު ރާއްޖެއަށް އައު ބުކިންތައް ނެގުމާއި ދަތުރުތައް ވިއްކުން މެދުކަނޑާލައިފި

ރާއްޖެއިން ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ރާއްޖެއިން ދޭ ހިދުމަތަށް ޓެކްސް ނަގަން ނިންމި ނިންމުމާއި ގުޅިގެން އިޓަލީގެ މަގުބޫލު ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ "ކިއާ އޯރާ ވިއާޖީ" އިން ރާއްޖެއަށް އައު ބުކިންތައް ނެގުމާއި ދަތުރުތައް ވިއްކުން މެދުކަނޑާލައިފި އެވެ.

އަމާޒަކީ މާލެ އިން ރައްޔިތުން ހޯދަން އެދޭ ދިރިއުޅުން ރަށްރަށުން ހޯދާ ދީ، ރަށްރަށުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުން: ނަޝީދު

އެމްޑީޕީ ގެ ކޮންގްރެސްގައި ކުރިއަށް ގެންދާ އިންވެސްޓްމަންޓް ފޯރަމްގެ ބޭނުމަކީ، ރަށްރަށުން އެކިއެކި ބޭނުމަށް މާލެ އަށް އަންނަ ރައްޔިތުން އެދޭފަދަ ދިރިއުޅުމެއް، އެ ރަށްރަށުން ހޯދައިދީ ރަށްރަށުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުން ކަމަށް، އެ ޕާޓީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖ…

ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!

ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަނު ހުންނެވުމުން ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ މެދުގައި ސުވާލު އުފެދިއްޖެ އެވެ.

Loading fresh headlines…