Live 6,029 stories Updated Sep 29, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މުއިއްޒުގެ ސަރުކާރުން އީގަލް ހިލްސްއާއެކު ހިންގަން އުޅޭ މަޝްރޫއުގެ ފަހަތުގައި ޚިޔާނާތާއި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތު ކުރެވޭތީ، މައްސަލަ އޭސީސީއަށް!

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް، އެއްވެސް އަގަކާ ނުލާ ހިލޭ ދިން މައްސަލައިގައި ބޮޑެތި ޚިޔާނާތާއި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް އަމިއްލަ ފަރާތެއްކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) އެންޓި ކޮރަޕްޝަން …

ރަސްމާލެ މަޝްރޫއު: ދީނާއި ގައުމަށް ޣައްދާރުވެރިވުމުގެ ނަތީޖާ ޚުދު ރައީސް މުއިއްޒު އަށް ވެސް ވަރަށް ހިތިވާނެ: ޝެއިޚް އިމްރާން

ދީނާއި ގައުމަށް ޣައްދާރުވެރިވުމުގެ ނަތީޖާ ޚުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ވެސް ވަރަށް ހިތިވާނެ ކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

މުއިއްޒު ސަރުކާރުން ހެދި އީގަލް ހިލްސް އެއްބަސްވުމުގައިވާ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރު ގުނަން ފަށާނެ ކަމަށް ބުނެފައިވާ ބައި އުނިކޮށްފި

ރަސްމާލެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ތަރައްގީކުރާ ސަރަހައްދުގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލުން 99 އަހަރުގެ މުއްދަތު ގުނަން ފަށާނެ ކަމަށް ބުނެފައިވާ ބައި އެ ކުންފުނިން ނެރުނު ބަޔާނުން އުނިކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އެއްވެސް އިސްނެގުމެއް ނަގާފައި ނުވާތީ ޓީޗަރސް އެސޯސިއޭޝަން އިން ކަންބޮޑުވުން ފާޅުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އެއްވެސް އިސްނެގުމެއް ނަގާފައި ނުވާތީ ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

900 އަހަރު ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެ ޔަހޫދީންގެ ވަޒަނަކަށް ހަދަން ފުރުސަތު ދީގެން ނުވާނެ، މަޝްރޫއު ހުއްޓުވަން ޖެހޭ: މެމްބަރު އައްބާސް

900 އަހަރު ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެ ޔަހޫދީންގެ ވަޒަނަކަށް ހަދަން ފުރުސަތު ދީގެން ނުވާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކޮންގްރެސް: ވަރަށް ފޯރީގައި ތައްޔާރީތައް ދަނީ ކުރިއަށް!

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް މާލެ ސިޓީ ކައުންސިލްގެ ބައެއް އިދާރީ މަސައްކަތްތަކާއި ޚިދުމަތްތައް ހިންގާ ބިމެއް ކަމަށްވާ ތައިސޭކޮށީގައި ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފި އެވެ.

މުއިއްޒު ސަރުކާރުން އީގަލްސް ހިލްސްއާއެކު ހެދި ރަސްމާލެ އެއްބަސްވުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރަސްމާލެ ތަރައްޤީކުރުމަށް އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ "ކޮމާޝަލް ޓާމްސް އެގްރީމަންޓް" ގެ ޞައްޙަކަމާ މެދު ސުވާލު އުފައްދައި، އާންމު މަޞްލަޙަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ޑޮލަރުގެ ތާށިކަން އޮތްއިރު އެމްޕީއެލްއަށް ޑޮލަރުން ފައިސާ ދައްކަން ޖެހެމުން ޝިޕިންގ ވިޔަފާރިވެރިންގެ ކަންބޮޑުވުން!

ރާއްޖޭގެ އަމިއްލަ ޝިޕިންގ ވިޔަފާރިތަކުން ކޮންޓެއިނަރު ގެންގުޅުމަށާއި، ބަނދަރުގެ ހިދުމަތްތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޑޮލަރުން ފައިސާ ނަގަން ފެށުމުން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހި އެކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ފާޅުކޮށްފި އެވެ.

މާލެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި

މާލެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައިފި އެވެ.

އަޅުގަނޑުމެން ދިން ނަސޭހަތް ގަބޫލުކޮށްގެން ގޭންގު މާރާމާރީތަކުގައި އުޅުނު ޒުވާނުން ދަނީ އެކަމުން ދުރުވާން ވަރަށް ބޮޑަށް މަަސައްކަތްކުރަމުން: އިހުސާން

ގޭންގު މާރާމާރީތަކުގައި އުޅުނު ގިނަ ޒުވާނުން މިހާރު އެކަމުގައި ނޫޅޭ ކަމަށާއި އެ ޒުވާނުން މިފަދަ ކަންކަމުން ދުރުވާން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އީގަލްސް ހިލްސް މަޝްރޫއާ ގުޅިގެން ނުރުހުން ފާޅުކުރާ ދިވެހިން ބްލެކްލިސްޓް ކުރުމުގެ މަސައްކަތް މުއިއްޒު ސަރުކާރާ ގުޅިގެން ޔޫއޭއީން ފަށައިފި

އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިއްރުން ހެދި ޑީލުގެ އިންވެސްޓްމަންޓާ ބެހޭ ގޮތުން މީސް މީޑިއާގައި ނުހުރުން ފާޅުކުރާ ދިވެހިރައްޔިތުން ބްލެކްލިސްޓް ކުރުމުގެ މަސައްކަތް ޔޫއޭއީން ފަށައިފި އެވެ.

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނޭޕާލްގެ ދެ މީހުން ހައްޔަރުކޮށްފި

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނޭޕާލްއަށް ނިސްބަތްވާ ދެ މީހުން ހައްޔަރުކޮށްފި އެވެ.

Loading fresh headlines…